މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާ ފުރުޞަތު

އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)ގެ އެހީގައި މިމިނިސްޓްރީ އިން ހިންގަމުންދާ މެރިކަލްޗަރ އެންޓަޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ލ. ކަލައިދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހުއިފިލަނޑާ ބޮޑުކުރުމުގެ މަޝްރޫއަށް ތިރީގައި މިދަންނަވާ މަޤާމަށް ބޭފުޅަކު ހޯދުމަށް 14 ޖެނުއަރީ 2019 ގައި ކުރި އިޢުލާން

((IUL) 30-G/30/2019/1) އަށް ކުރިމަތިލާފައި ނުވާތީވެ، މިމަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މަޤާމް:

ކޮމިއުނިޓީ މޮބިލައިޒޭޝަން އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

ސެކްޝަން:

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

މަސައްކަތް ކުރަންޖެހޭ ތަން:

ލ. ކަލައިދޫ

ވަޒީފާގެ މުއްދަތު:

ކޮންޓްރެޓް ކުރާ ދުވަހުން ފެށިގެން 30 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް 

މުސާރަ:

   ރުފިޔާ ( ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖްރިބާއަށް ބަލާފައި) 7000

ޝަރުތު:

1-                  ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތައް ޝައުގުވެރިވުން

2-                  ލ.ކަލައިދޫ ގައި ދިރިއުޅެމުންދިއުން

3-                  18 އަހަރާއި 35 އަހަރާއި ދެމެދު ގެ މީހަކަށްވުން

4-                  ޖީ.ސީ.އީ އޯލެވެލް ނުވަތަ އެއާއި އެއްފެންވަރެއްގެ ސަނަދެއްލިބިފައިވުން (ގްރޭޑް 10 ނިންމާފައިވުން) ނުވަތަ ގްރޭޑް 7 ފެންވަރުހުރުން

5-                  މޮނިޓަރިންގ މަޢުލޫމާތު ނަގަން އެނގުމާއި ރިޕޯޓް ތައްޔާރުކުރެވޭ ފަދަ ފެންވަރުހުރުން

6-                  މޫދުގައި ގިނަ ވަގުތު ހޭދަކުރެވޭ ވަރުގެ ސިއްޙަތު ރަގަޅު ފަރާތަކަށްވުން

7-                  މީހުންނާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ގާބިލް ފަރާތަކަށްވުން.

8-                  ސައިކަލް ލައިސަންސް އޮތުން

9-                  މައިކްރޯސޮފްޓް އޮފިސް، މޭއިލް ކުރުން އަދި ވައިބާ ފަދަ ހިދުމަތްތަކަށް އަހުލުވެރިވެފައިވާ މީހަކަށްވުން

ވަޒީފާގައި ކުރަން ޖެހޭ މަސައްކަތް:

މި މަޤާމްތަކުގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު)" މި ޢިއުލާން އާއި އެކު އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3341836 އަށް ގުޅުއްވުނެ އެދެމެވެ.

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި

1- ވަޒީފާ އަށް އެދި ހުށަހަޅާ ސިޓީ

2- ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު

3- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އަސްލާ އެއްގޮތް ކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާ ސޮއިކޮށްފަ)

4- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

މަތީގައި ދެންނެވިފައިވާ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީ ލ. އިސްދޫ ކައުންސިލުގެ ރައީސަށް އެޑްރެސްކޮށް، 28 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 12:00ގެ ކުރިން އެކައުންސިލުގެ އިދާރާއަށް ފޮނުވުން އެދެމެވެ.

މިވަޒީފާއަށް އެދޭ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު އަށް ގެނެވޭނީ ޝޯޓްލިސްޓްވާ ފަރާތްތައް އެކަނިކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ

ހުށަހަޅާ ސިޓީ އެޑްރެސް ކުރާނީ:

ޕާމަނަންޓް ސެކްރެޓަރީ

ޕްރޮގްރާމް އިމްޕްލިމެންޓޭޝަން ޔުނިޓް

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

ވެލާނާގެ (7 ވަނަ ފަންގިފިލާ)، އަމީރު އަހުމަދު ހިގުން

[email protected]

22 ޖަނަވަރީ 2019
ހޯދާ