ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2019/07)
އިޢުލާން
މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުން
މިޑިޕާޓްމަންޓުން ބާއްވާ އެކިއެކި އިމްތިޙާންތަކާ ގުޅިގެން އެއްތަނުން އަނެއްތަނަށް އުފުލަންޖެހޭ ތަކެތި އުފުލުމާއި، މިޑިޕާޓްމަންޓްގެ ބޭނުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުމަށް މަސައްކަތު މީހުންގެ ޚިދުމަތްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)120/1/2019/01 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެޑައިގަންނަވާ ފަރާތްތަކުން 2019 ޖަނަވަރީ 28 ވާ ހޯމަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 04 ވާ ހޯމަ ދުވަހުގެ 10:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.
15 ޖުމާދަލްއޫލާ 1440
21 ޖަނަވަރީ 2019