ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ކާރު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: IUL)120/1/2019/06)

އިޢުލާން

 

ކާރު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

       މިޑިޕާޓްމަންޓުން ހިންގާ އިމްތިޙާންތަކާ ގުޅިގެން ކުރަންޖެހޭ ކާރާއި ޕިކަޕް ދަތުރުތައް އެއް އަހަރުދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު  (IUL)120/1/2019/03 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް ދެވަނަ ފަހަރަށް އެފުރުޞަތު ހުޅުވާލަމެވެ.

 ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ޖަނަވަރީ 28 ވާ ހޯމަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބްރުއަރީ 04 ވާ ހޯމަ  ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  މަޢުލޫމާތު ސާފުކޮށްދިނުމާއި، އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ. ބިޑް ހުށަހެޅޭނީ ޕްރީބިޑް މީޓިންގއަށް ޙާޒިރުވާ  ފަރާތްތަކަށް އެކަންޏެވެ.

        15 ޖުމާދަލްއޫލާ 1440

        21 ޖަނަވަރީ   2019     

22 ޖަނަވަރީ 2019
ހޯދާ