ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު (IUL)13-E/13/2018/185 (18 ޑިސެންބަރ 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ މި މިނިސްޓްރީން ދޭ ނަމޫނާ އާއި އެއްގޮތަށް ބިޒްނަސް ކާރޑް ޕްރިންޓް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން: 28 ޖަނަވަރީ 2019، 13:30 އަށް
މި މަސައްކަތާ ގުޅޭ މަޢުލޫމާތާއި ޕޮއިންޓް ދޭނެ އުސޫލު ތިރީގައި މިވާ މި އޮފީހުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެވެ.
http://www.finance.gov.mv/media/announcements
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ 6ވަނަ ފްލޯރ މީޓިންގ ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.