ދިވެހިރާއްޖެ
އިޢުލާން
ބަނދަރު އެއްގަމުތޮށިގަނޑުގައި ބައެއް ކުދުކުދި މަރާމާތުކުރުމާއި ވާއައްސާ ބުޅިގަނޑު އިތުރުކޮށް ކައުންސިލުން ދޭ ނަމޫނާ އާއި އެއްގޮތަށް ބޯރޑު ޖަހައިދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކުރެވުނު ނަންބަރު: (IUL)335-AS/335/2018/64 އިޢުލާން އާއި ގުޅިގެން އެއްވެސްފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެ އިޢުލާންތައް ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖެނުއަރީ 2019 ވާ ބުދަދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.