ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
1- މަޤާމުގެ ނަމާއި ރޭންކާއި ކުލެސިފިކޭޝަން:
މަޤާމުގެ ނަން: |
އެސިސްޓެންޓް ޑިރެކްޓަރ |
ކުލެސިފިކޭޝަން: |
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމުގެ ނަންބަރު: |
J-221036 |
މަޤާމުގެ ރޭންކް: |
އެމް.އެސް 3 |
ބޭނުންވާ އަދަދު: |
1 |
މަޤާމުގެ ގިންތި: |
ދާއިމީ |
2- މުސާރަ އާއި އިނާޔަތްތައް:
މުސާރަ: |
މަހަކު -/7،035 ރުފިޔާ |
ސަރވިސް އެލެވަންސް: |
މަހަކު -/2،000 ރުފިޔާ |
އެހެނިހެން އެލަވަންސްތައް: މި މަޤާމަށް ކަނޑައަޅާފައިވާ ތައުލީމީ ރޮނގުތަކުގެ ތެރެއިން ކޯ ޑިސިޕްލިންގެ ތައުލީމީ ރޮނގު ގެ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ ޓެކްނިކަލް ކޯ ގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ މަހަކު -/900 ރުފިޔާ ސަޕޯޓިންގ ކޯ އެލަވަންސް2 ގޮތުގައި ލިބޭނެއެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ ޤަވާޢިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ. އަދި ސިވިލް ސަރވިސް މުވައްޒަފުންނަށް ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ. |
3- މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކުޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން:
މަޤާމު އޮތް އޮފީސް / އިދާރާ: |
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ |
ސެކްޝަން: |
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ |
4- މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
5- މަޤާމުގެ ޝަރުތުތައް:
ނުވަތަ،
ނުވަތަ،
|
6- ގުޅޭ ތަޢުލީމީ ރޮނގުތަކާއި ވަޒީފާގެ ދާއިރާތައް:
ތަޢުލީމީ ރޮނގުތައް |
ވަޒީފާގެ ދާއިރާތައް |
ބިޒްނަސް އެޑްމިނިސްޓްރޭޝަން |
އެޑްމިނިސްޓްރޭޝަން |
ބިޒްނަސް މެނޭޖްމަންޓް |
މެނޭޖްމަންޓް |
ޕަބްލިކް އެޑްމިނިސްޓްރޭޝަން |
|
7- ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ލިބެން ހުންނާނީ ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއިންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބުސައިޓް (www.csc.gov.mv) އިންނެވެ. 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ. 7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. 8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުވައްސަސާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
8- ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ދާއިރާ |
ބެލޭނެ ބައިތައް |
މާކްސް |
އިންސަންތަ (%) |
ކެޓަގަރީގެ ޖުމްލަ އިންސަންތަ |
ތަޢުލީމާއި ތަމްރީން |
ލިބިފައިވާ ތަޢުލީމު |
85 |
30 |
35 |
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން |
30 |
5 |
||
އިމްތިޙާން |
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން" |
12 |
5 |
5 |
މަސައްކަތުގެ ތަޖުރިބާ |
މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ |
28 |
15 |
15 |
ލިބިފައިވާ ހުނަރު |
އިންޓަރވިއު އަދި ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލްސް |
100 |
45 |
45 |
ޖުމްލަ |
|
255 |
100 |
100 |
ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަހެއް) އިންސަންތަ އަށްވުރެ މަތިވާން ޖެހޭނެއެވެ. |
9- މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
30 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން، ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމާއިއެކު ހުށަހަޅަށްޖެހޭ ލިޔުންތައް ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އިޢުލާންގެ ސުންގަނޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. |
10- އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 01 ފެބްރުއަރީ 2019 އިން 28 ފެބްރުއަރީ 2019 އާ ދެމެދު، މާވަށު ކައުންސިލްގެ އިދާރާގައެވެ. |
11- ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
12- އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންނަމަ، އަމަލުކުރަންވީގޮތް:
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6800718 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ [email protected]އަށެވެ. |