ދިވެހިރާއްޖެ
ނަންބަރ:FNK-I/IUL/2019/014
އިޢުލާން
14 ޖަނަރޭޓަރ ސެޓްތަކެއް ގަތުމާއި ގުޅޭ
މިކުންފުންޏަށް 14 ޖަނަރޭޓަރ ސެޓް ގައްނަން ބޭނުންވެއެވެ. މިކަމާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި 22 ޖަނަވަރީ 2019 އިން 29 ޖަނަވަރީ 2019 އަށް (ބަންދު ދުވަސްތައް ނުހިމަނާ) މިކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)ގެ ކައުންޓަރުން ހެނދުނު 8:30 އިން މެންދުރު ފަހު 14:30 އަށް މަޢުލޫމާތު ކަރުދާސް ލިބިވަޑައިގަންނަވާނެއެވެ.
ބިޑާއި ގުޅޭގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތުތައް ސާފުކުރުން އޮންނާނީ 22 ޖަނަވަރީ 2019 އިން 30 ޖަނަވަރީ 2019 ގެ ނިޔަލަށެވެ. ބިޑާ ގުޅޭ މަޢުލޫމާތު ސާފުކުރުމަށް ޓެންޑަރ އެންޑް ފޮރިން ޕާރޗޭސްގެ އީމެއިލް [email protected] އަށް މެއިލް ކުރެވުން އެދެމެވެ.
މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޔޫ.އެސް.ޑޮލަރު (ދިހަ ހާސް ޔޫ.އެސް.ޑިލަރު) ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ ނުވަތަ ޗެކްކެވެ. ޗެކް ވާންވާނީ ބެންްކް ގެރެންޓެޑް ސްޓޭޕް ޖެހިފައިވާ ޗެކަކަށެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެވެ.
ބިޑް ހުށަހެޅުވުމަށް ހަމަޖެހިފައި ވަނީ 06 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 12:00 ގައި މިކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މިމަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވަހަކަ ދަންނަވަމެވެ.
15 ޖުމާދަލް އޫލާ 1440
21 ޖަނަވަރީ 2019
