ދިވެހިރާއްޖެ
އިޢުލާން
ސައުންޑް ސިސްޓަމް ބަހައްޓާދޭނެ ފަރާތެއް ހޯދުން
މިކުންފުނީގެ 8 ވަނަ ފްލޯރގައި ސްޓެޓިކް ސައުންޑް ސިސްޓަމެއް ބަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު ADM-HR/MPL/2019/02 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މި މަސައްކަތްކޮށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 28 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 14:00އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޟިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
15 ޖުމާދިލް ޢޫލާ 1440
21 ޖަނަވަރީ 2019