ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ކިޔަވައިދޭ ދިވެހި މުދައްރިސުން ބޭނުންވެއްޖެ

މަޤާމް:

ޤުރުއާން ކިޔަވައިދޭ ދިވެހި މުދައްރިސު

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމު އޮތް އޮފީސް:

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒުގެ ބާރަށު ގޮފި (ހއ.ބާރަށު ޕްރީސުކޫލް އިމާރާތް)

މުސާރަ:

-/3100 ރުފިޔާ (ޕެންސަން ސްކީމަށް %7 ކެނދޭނެއެވެ.)

ސާރވިސް އެލަވަންސް

-/1000 ރުފިޔާ

ސަޕޯޓިން އެވަންސް

-/117 ރުފިޔާ

އިތުރު އިނާޔަތްތައް:

ހަމަޖެހޭ އުސޫލުން އިތުރުގަޑީގެ ފައިސާ، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާ

މަޤާމުގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. އިދާރާގެ ފަރާތުން ހިންގާ ކުލާސްތަކުގައި ކިޔަވައިދިނުން.
  2. ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.
  3. އިދާރާއިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތައް ކުލާސްތަކުގެ ލެސަން ޕްލޭން ކަނޑައެޅިފައިވާ ގަޑިއަށް ތަތްޔާރުކޮށް ކިޔަވައި ދިނުމަށް ވާންޖެހޭ ތަތްޔާރީތައްވުން.
  4. މާއްދާތަކާއި ގުޅޭ ކޯޑިނޭޝަން، ޑިސްކަޝަން މީޓިންގް ތަކުގައި ބައިވެރިވުން.
  5. ބެލެނިވެރިންގެ ބައްދަލުވުންތަކާއި އިދާރާގެ ފަރާތުން ބާއްވާ ބައްދަލުވުންތަކުގައި މުދައްރިސެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް އިދާރާއިން އަންގާ ބައްދަލުވުންތަކުގައި ބައިވެރިވުން.
  6. ދަރިވަރުންގެ ފޮތްތަކާއި ، ކިޔަވައިދިނުމާއި ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއިއެކު ބަލައި މާރކްކުރުން.
  7. އިމްތިޙާންތައް ތަތްޔާރުކުރުމާއި، އިމްތިޙާން ކަރުދާސްތައް މާރކްކުރުމާއި، އިމްތިޙާންތަކާއި ގުޅޭ ކަންކަން އިދާރީ މުވައްޒިފުންނާއި ގުޅިގެން ބެލެހެއްޓުން.
  8. ކިޔަަވައިދޭ ކުލާސްތަކުގެ ދަރިވަރުންގެ އުނގެނުމާއި އަޙްލާޤައި ގުޅޭގޮތުން ބެލެނިވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ދިނުން.
  9. ކާމިޔާބީއަށް މަސައްކަތްކުރުން.

 

މަޤާމުގެ ޝަރުތުތައް:

  1. ޤުރުޢާން ގުޅޭ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 1 ގެ ސަނަދެއް/ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން

ނުވަތަ

 

  1. ޙާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. މަސައްކަތުގެ ހުނަރާއި ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ފޯނު ނަމްބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތައް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރަތްޔިތެއްކަން އަންގައިދޭ  ކާޑުގެ ސާފު ކޮޕީއެއް (މުއްދަތު ހަމަނުވާ ކާޑު)
  4. ސަރުކާރުގެ ވަޒީފާއެއް އަދާކުރާ ނުވަތަ ސަރުކާރަށް ޙިދުމަތްކުުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ތަޢުލީމާއި ތަމްރީންތަކުގެ ސެޓްފިކެޓް ތަކުގެ އަސްލާއި އެއްގޮތް ކޮޕީ. (ރާއްޖޭން ބޭރުގެ މަރުކަޒަކުން ތަޢުލީމް ޙާސިލްކޮށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ޙުށަހަޅުއްވާއިރު ހުށަހަޅުއްވާނީ މޯލްޑިވެސް ކުއަލިފިކޭޝަން އޮތޯރިޓީއިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.
  • މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާއަށެވެ.

(އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް އިދާރާގައެވެ. އިންޓަރވިއު އޮންނާނެ ތާރީޙާއި ވަޤުތު ހުށަހަޅާ ފަރާތްތަކަށް ފަހުން އަންގާނެވާހަކަ ދެންނެވީމެވެ.

ޝޯޓް ލިސްޓްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު (03) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ (03) ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން.

މި އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500016 ނަމްބަރު ފޯނާއެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

21 ޖަނަވަރީ 2019
ހޯދާ