ދިވެހިރާއްޖެ
ނަމްބަރު: (IUL)337/337/2019/2
އިޢުލާން
މިކައުންސިލަށް 100000 (އެއްލައްކަ) އިންޓަރލޮކް ޒިގްޒެގް ޕޭމަންޓްގައު (MM22, 112MM, 80) ވިއްކާނެ ފަރާތެއް ހޯދުމާއި ގުޅޭ (.)
މިކައުންސިލަށް 100000 (އެއްލައްކަ) އިންޓަރލޮކް ޒިގްޒެގް ޕޭމަންޓްގައު (MM22, 112MM, 80) ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ގައު ހުންނަންވާނީ 1:4 ރޭޝިއޯގައި (1 ސިމެންތި: 4ވެލި) ހިލަވެލީގަ އަޅާފައެވެ.
މިމަސައްކަތަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށް ރަސްމީގަޑީގައި ކައުންސިލް އިދާރާގެ ފޯންނަމްބަރު 6640073، ނުރަސްމީ ގަޑީގައިނަމަ 7779638 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.އަދި އަންދާސީ ހިސާބު ހުށައަޅުއްވާނީ ކޯޓޭޝަން ފޯމެޓްގައި ގައު ވިއްކާނެ އަގާއި، ގައު ދޯންޏަކަށް ނުވަތަ ލޭންޑިންގް ކްރާފްޓަކަށް ލޯޑް ކޮށްދޭނެ އަގު އެނގޭނެ ގޮތަށެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 މާފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމަށެވެ.އަދި 13:00 ގެ ފަހުން ގެންނަ އެއްވެސް އަންދާސީ ހިސާބު ބަލައިނުގަންނާނެ ވާހަކަ ދެންނެވީމެވެ.
- މާކްސް ދެވޭގޮތުގެ ތަފްޞީލު:
ހ- ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
ށ- ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް [ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު ] ގެދަށުން މަޢުލޫމާތު ހޯދާން އެދޭ ފޯމް ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
( ހުށަހެޅުނު އެންމެ ކުޑަ އަގު / ހުށަހެޅި އަގު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ. |
|
80 |
އަގު |
( ހުށަހެޅުނު އެންމެ ކުޑަ މުއްދަތު / ހުށަހެޅުނު މުއްދަތު ) × ކަނޑައެޅިފައިވާ % ގޮތުގައި ބަލައިގެން ނިސްބަތުން މާރކްސް ދެވޭނެއެވެ. |
|
20 |
މަސައްކަތް ނިންމާ މުއްދަތު |
20 ޖަނަވަރީ 2019