ދިވެހިރާއްޖެ
އިއުލާން ނަންބަރ: IUL)468-U01/468/2019/1)
ލައިޓް ޕޯސްޓްޖަހާ ލައިޓް ހަރުކުރުން.
ފުވައްމުލަކު ގައި އަލަށް ހަދާފައިވާ 3 ފުޓްސެލް ދަނޑުގައި ލައިޓް ޕޯސްޓްޖަހާ ލައިޓް ހަރުކޮށް އަދި މިކަމާ ގުޅޭ ބައެއް މަސައްކަތް ކުރުމަށް ބޭނުންވާތީ އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ކުރެވުނު ނަންބަރު (IUL)468-U01/468/2018/30އިޢުލާނާއި ގުޅިގެން ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓުގެ މައްސަލައެއް ހުރިކަމަށް ފާހަގަކުރެވޭތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތާ ގުޅޭ މަޢުލޫމާތު ސާފުކޮށް ދިނުމުގެ ބައްދަލުވުން އޮންނާނީ 28 ޖެނުއަރީ 2019 (ހޯމަ) ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގރޫމްގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 31 ޖެނުއަރީ 2019 ( ބުރާސްފަތި ) ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގރޫމުގައެވެ.
މަޢުލޫމާތު ސާފު ކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާ ފަރާތުގެ މަޢުލޫމާތު އެގޭގޮތަށް ރަސްމީ ލިއުމެއް އޮވެގެންނޫނީ ބަދަލުގައި ފޮނުވާ ފަރާތަށް މަޢުލޫމާތު ސާފުކޮށްދޭގޮތަށް ހަމަޖެހިފައި ނުވެއެވެ. އަދި ގަޑިޖެހިގެން އަންނަ ފަރާތްތަކާއި މަޢުލޫމާތު ސާފު ކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.
14 ޖުމާދަލްއޫލާ 1440
20 ޖެނުއަރީ 2019