ދިވެހިރާއްޖެ
އިޢުލާން
މަޤާމް : މަސައްކަތު .
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް
ކޮންޓްރެކްޓްގެ މުއްދަތު: 01 އަހަރު
ބޭނުންވާ ޢަދަދު : 15 (18 އަހަރު ފުރިފައި 55 އަހަރު ނުފުރޭ މީހެއް)
ރޭންކް : އެސް.އެސް 1
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް
އޮފީސް/ އިދާރާ : ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ.
ސެކްޝަން / ޔުނިޓް : މުނިސިޕަލް ސަރވިސް
ވަޒީފާ އަދާ ކުރަންޖެހޭ ތަން : ދ. ކުޑަހުވަދޫ ވޭސްޓްމެނޭޖްމަންޓް ސެންޓަރ
ވަޒީފާގެ މަސައްކަތު ވަގުތު:
ހަފްތާއަކު 6 ދުވަހު
ހެނދުނު 07.00 ން 12.00 އަށް – މެންދުރުފަހު 13.00 ން 17.30 އަށް
މަޤާމުގެ ޝަރުޠުތައް:
1- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން،
2- ގިނަވަގުތުގައި މަސައްކަތުގައި ހޭދަކުރެވޭފަދަ ފުރިހަމަ ސިއްހަތެއްގައި ހުރި މިހެއްކަމުގައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތަކާ ވާޖިބްތަކުގެ ޙުލާޞާ.
1- ރައްކާތެރިގޮތެއްގައި ކުނިމެނޭޖުކުރުމުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކުޑަހުވަދޫގެ ވޭސްމެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ކުރުން.
2- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އެކިސަރަޙައްދުގައި މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ސާމާނު ގެންގޮސްދިނުމާއި ރަށުތެރޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ ޑަސްބިން އުކާލުމުގެ މަސައްކަތް ސާފުކޮށް ބެލެހެއްޓުން.
3- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ބޭރު ސާފުކޮށް ބެލެހެއްޓުން.
4- ކުނި ވަކިކުރުމުގެ މަސައްކަތްކުރުން.
5- ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި އިސްކޮށް ހުންނަވާ ވެރިޔަކު އަންގާ އެންމެހާ މަސައްކަތްތައްކުރުން.
6- ކުނިއުކަމުންދާ ފަރާތްތަކުން ކުނިއަޅަމުން ގެންދަނީ ގަވައިދާ އެއްގޮތައްތޯ ބަލައި ޗެކްކުރުން އަދި ގަވައިދާއި ހިލާފައް ކުނި އަޅާފަރާތްތަކަށް ގަވައިދުން ކުނިއެޅުމަށް ވަގުތުން އަންގައި އެކަން ރަނގަޅު ނުކޮށްފިނަމަ އެފަދަ ފަރާތްތައް ނަންނޯޓު ކުރުމަށްފަހު ކުނިކޮށީގެ އިސްމުވައްޒަފަށް ރިޕޯޓުކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތައުލީމާއި ،ތަމްރީން ، މަސައްކަތު ތަޖްރިބާ ،މަސައްކަތުގެ ހުނަރާއި ،ފެންވަރާއި ޤާބިލްކަމާ ސިފަތަށް މިބައިތަކުން އެންމެމަތިން ސްކޯކުރާ ފަރާތް : (މެރިޓް އުޞޫލުން )
އިންޓަރވިއު ޕްރެކްޓިކަލްސް އޮންނާނެ ތަނާއި ،މުއްދަތު:
އިންޓަވިޔުއޮންނާނީ 2019 ޖެނުއަރީ 31 ން ފެށިގެން ރަސްމީ 3 ދުވަހުގެ މުއްދަތަށް ކުޑަހުވަދޫ މަލްޓިޕާޕަސް ބިލްޑިންގ ގައެވެ. ވަޒީފާއަށްއެދޭ ފަރާތްތަކުން އިންޓަވިއުގެ މުއްދަތުގައި މިރަށުގައި ހުންނަވަންވާނެއެވެ. އިންޓަރވިއުގެ މުއްދަތުގައި ރަށުގައި ނޫޅުއްވާ ފަރާތްތަކާއި އިންޓަވިއު ނުކުރެވި، އެފަރާތެއްގެ ވަޒީފާ ގެއްލުމުގައި މިއިދާރާއިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
2019 ޖެނުއަރީ 29 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާއަށް ވަޒީފާއަށްއެދޭ ފޯމުންނެވެ. ވަޒީފާއަށް އެދޭ ފޯމު މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.
އުޖޫރައާއި ޢިނާޔަތް ތައް :
އަސާސީ މުސާރަ: މަހަކު 3000.00 ރުފިޔާ
އެލަވަންސް މަހަކި 1000.00 ރުފިޔާ
މީގެ އިތުރުންވެސް އިތުރު ގަޑީގައި މަސައްކަތްކުރުވައިފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
1- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް
2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
4- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
5- ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި ، މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް. ސިވިލްސާރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމް.
ނޯޓު: މި އިޢުލާނުގައި ދެންނެވިފައިވާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، ހަމައެކަނި އިންޓަރވިއުއަށް ހޮވޭ މީހުންގެ ލިޔުންތަކެވެ. އެކަން ކަށަވަރު ކުރާނީ، އިންޓަރވިއުއަށް އެމީހަކު ޙާޟިރުވާއިރު އެލިޔުންތަކުގެ އަޞްލު ގެނެސް ލިއުންތައް އޭގެ އަޞްލާ އެއްގޮތްކަމަށް ކަށަވަރުކޮށް މިއިދާރާއިން ކޮޕީ ލިޔުމުގައި ސޮއިކޮށް ތާރީޚް ޖަހައިގެންނެވެ.
ނޯޓު: މި ވަޒިފާއަށް ނެގޭ މުވައްޒަފުންގެ މަސައްކަތައް ބަލައި މަސައްކަތައް ޤާބިލް ނަމަ މި އިދާރާއިން ބޭނުންވެއްޖެ ހިނދެއްގައި އެފަރާތެއްގެ ކޮންޓްރެކްޓް 01 އަހަރުދުވަހުގެ މުއްދަތަށް އިތުރުކޮށްދެވޭނެއެވެ.
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ނިލަންދެއަތޮޅުދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ 6760522 / 6760667 ނަންބަރު ފޯނާ އެވެ. އީ މެއިލްކުރައްވާނީ [email protected] އަށެވެ.