ދިވެހިރާއްޖެ
ނަންބަރ:(IUL)228-DG/228/2019/2 އިޢުލާން
ނ. އަތޮޅު ކައުންސިލްގެ އިމާރާތެއްކަމުގައިވާ ކުރިން ޔޫ.އެން.ޑީ.ޕީ އޮފީސް ހިންގި އިމާރާތް މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)228-DG/228/2018/18 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑްހުށައަޅާފައި ނުވާތީ، އެޢިއުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ މިއިދާރާއިންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.
14 جُمَادَىٰ الْأَوَّل 1440
20 ޖެނުއަރީ 2019
އަޙްމަދު ޝުޖާޢު
ޑިރެކްޓަރ ޖެނެރަލް