ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

2019 ވަނަ އަހަރު މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުން

މި އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)253/253/2018/82 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގުބޮޑުކަމަށް ފެންނާތީ އަލުން އިޢުލާނު ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، މި އިދާރާގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖަނަވަރީ 29 ވާ އަންގާރަ ދުވަހުގެ 11:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށްއެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

14 ޖުމާދަލްޢޫލާ 1440

20 ޖަނަވަރީ  2019

20 ޖަނަވަރީ 2019
ހޯދާ