ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓް (ފާރމް) ފޮރ ގްރޭޓަރ މާލެ އެންވަޔަރަންމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް- ފޭސް 1
1. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގްރޭޓަރ މާލެ އެންވަޔަރަންމަންޓް މެނޭޖްމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް: ފޭސް1ގެ ދަށުން ޕްރޮޖެކްޓް މެނޭޖްމަންޓް، ޑިޒައިން އެންޑް ކޮންސްޓްރަކްޝަން ސުޕަރވިޝަން ކޮންސަލްޓަންޓްސް (ފާރމް)- ފޭސް 1ގެ މަސައްކަތްކޮއްދޭނެ ފަރާތެއް ހޮވުމަށް ކުރެވުނު އިއުލާނު ނަންބަރު (IUL)13-K/13/2018/192 ވަނީ އިސްލާހުކުރެވިފައެވެ.
2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިވަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތައުލީމީ ފެންވަރު އަދި އެހެނިހެން މައުލޫމާތު) ހުށަހަޅަން ވާނެއެވެ.
3. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، އޭ.ޑީ.ބީ އިން ތައްޔާރުކުރެވިފައިވާ ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އޭ.ޑީ.ބީ ބޮރޮވާރސް 2017 އާއި އެއްގޮތަށް ކުއަލިޓީ ކޮސްޓް ބޭސްޑް ސިލެކްޝަން(ކިއު.ސީ.ބީ.އެސް) އުޞޫލުންނެވެ.
4. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
5. ވީމާ މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސް ހުށަހަޅަންވާނީ، އޭޑީބީ ކޮންސަލްޓަންޓް މެނޭޖްމަންޓް ސިސްޓަމް (ސީ.އެމް.އެސް) – ކޮންސަލްޓިންގް ސަރވިސް ރެކްރޫޓްމަންޓް ނޯޓިސް(ސީ.އެސް.އާރ.އެން) ވެބްސައިޓް (http://csrn.adb.org) އިންނެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓްގެ ހާޑް ކޮޕީ އާއި މިނޫން ގޮތަކަށް ހުށަހެޅޭ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ބަލައެއްނުގަނެވޭއެވެ. ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 3 ފެބުރުވަރީ 2019ވާ އާދިއްތަ ދުވަހުގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މަތީގައި ބަޔާންކުރެވިފައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުން އެދެމެވެ.
ނެޝަނަލް ޓެންޑަރ
މިނިސްޓްރީ އޮފް ފިނޭންސް
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން:3349101 ،3349106
އީމެއިލް އެޑްރެސް [email protected] :