ދިވެހިރާއްޖެ
c
ނެއްލައިދޫ ސްކޫލް
ހދ.ނެއްލައިދޫ
އިޤްތިޞާދީ ފުއްދުންތެރިކަން އިޖުތިމާޢީ ހަމަޖެހުން |
ނަންބަރު : GS93/I/2019/04
އިޢުލާން
ގެއެއް ކުއްޔަށް ހިފުމާއި ބެހޭ
މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، ކުރެވުނު މިސްކޫލްގެ ނަންބަރު GS93/I/2019/01 (07 ޖަނަވަރީ 2019) އިއުލާނަށް އެކަށީގެންވާ މިންވަރަށް އަންދާސީ ހިސާބު ހުށައަލާފައި ނުވާތީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވަނަ ފުރުސަތެއް ހުޅުވާލަމެވެ.
މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް، 2 ކޮޓަރި ނުވަތަ 3 ކޮޓަރި އާއި ސިޓިން ރޫމް އާއި ބަދިގެ، ކާގެ އާއި ފުލް ފަރުނީޗަރާއެކު ހުރި ގެއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ.
ވީމާ ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާފަރާތްތަކުން 2019 ޖަނަވަރީ 23 ވާ ބުދަ ދުވަހުގެ ހެނދުނު 11.00 ގައި މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 2019 ޖަނަވަރީ 30 ވާ ބުދަ ދުވަހު ހެނދުނު 11.00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފްކުރުން އޮންނަދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފްކުރާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6520534 އާއި ގުޅުއްވުން އެދެމެވެ.
14 ޖުމާދުލްޢޫލާ 1440
20 ޖަނަވަރީ 2019