ދިވެހިރާއްޖެ
1. 2019 ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގާ އިލެކްޓްރިޝަން ކޯހަށް ބޭނުންވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުން ވެގެން ކުރެވުނު އިޢުލާން ނަންބަރ: IUL)213-PR/1/2019/1 އަކީ ފުރަތަމަ އިޢުލާން ކަމަށް ވެފައި 3 ފަރާތް ކޮލިފައި ވެފައިވަނީ ލޮޓް 2 އެކަނި ކަމަށް ވާތީ ކުރީގެ އިޢުލާން ބާތިލް ކޮށް ލޮޓް 2 ފިޔަވައި އެހެން ހުރިހާ ލޮޓް އެއް އަލުން އިޢުލާން ކުރަމެވެ.
2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ޖަނަވަރީ 2019 އިން 27 ޖަނަވަރީ 2019 އަށް 08:30 އިން 21:30 އަށް ބަންދު ނޫން ކޮންމެ ދުވަހެއްގައި ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
3. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 21:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 28 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ 1 ފަންގިފިލާގެ މީޓިންގ ރޫމްގައެވެ.
5. މި ބީލަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ހީރާސްކުރެވިފައިވާނެއެވެ.
6. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
މޯލްޑިވްސް ޕޮލިޓެކްނިކް
ރެހެންދި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯން: 3305404, 3305422
އީ-މެއިލް: [email protected]