ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމު / މުދިމް ( ވޭޖު އެންޕްލޯއިމަންޓް ) ބޭނުން ވެއްޖެ

މިރަށު މަސްޖިދުލް ޢަމަލުމިސްކިތް، މަސްޖިދުއްޞަލާޙް މިސްކިތް، ފިރިހެނުންގެ ކުޑަމިސްކިތް، އާޘާރީ މިސްކިތް، މި 04 މިސްކިތުގެ އިމާމް / މުދިމުން ޗުއްޓީ ނަންގަވާއިރު ނުވަތަ އެނޫންވެސް ޙާލަތެއް މެދުވެރިވާ ވަގުތުތަކުގައި ވޭޖު އެންޕްލޯއިމަންޓް އުޞޫލުން އިމާމް / މުދިމްކަން ކޮށްދެއްވާނެ މީހުން ބޭނުންވެއްޖެއެވެ.

މަޤާމު:              އިމާމު / މުދިމް      ( ވޭޖު އެންޕްލޯއިމަންޓް )

ބޭނުންވާ ޢަދަދު:     04

މަޤާމުގެ ގިންތި:     ވަގުތީ

މަޤާމު އޮތް އޮފީސް:   މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު

ވަޒީފާ އަދާކުރަންޖެހޭތަން: ތިލަދުންމަތީ އުތުރުބުރީ ބާރަށު މިސްކިތްތައް

މުސާރަ:              އިމާމު ( މަސައްކަތް ކުރާކޮންމެ ވަގުތަކަށް )  61.00 ރުފިޔާ

                   މުދިމް: ( މަސައްކަތް ކުރާކޮންމެ ވަގުތަކަށް ) 53.00 ރުފިޔާ

އިމާމުކަމުގެ ފެންވަރު ނުވަތަ ޝަރުޠު:

1-   މުދިމް ކަމުގެސަނަދު ލިބިފައިވުން ނުވަތަ

2-   ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން ނުވަތަ

3-   ކަތީބު ކަމުގެ ސަނަދު ލިބިފައިވުން ނުވަތަ

4-   ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤްރުއާން، ފިޤުޙު،  ތަޖްވީދު، މި 3 މާއްދާއިން، ފާސްވެފައިވުން ނުވަތަ

5-   ދިވެހި ސަރުކާރުގެ ޤަބޫލުކުރާ ދީނީ މަޢުހަދަކުން ޘާނަވީ ދެވަނަ އަހަރު ނިންމައި، ޤުރުއާން، ފިޤުޙު، ތަޖުވީދު، މި 3 މާއްދާއިން، ފާސްވެފައިވުން

      މުދިމް ކަމުގެ މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ. އިމާމުކަމުގެ މަޤާމަށް ޝަރުޠު ހަމަވާ މީހުން ނުލިބިއްޖެނަމަ މުދިމްކަމުގެ މަޤާމަށް މީހުން ހޮވާނީ މުދިމްކަމުގެ މަޤާމަށް ކުރިމަތިލާ

ފަރާތްތަކުގެ ތެރެއިން އިންޓަވިއު އިންނާއި އަދި ބަންގިއާއި ޤުރުއާނުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1-      ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު

2-      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް

3-      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4-      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

 

ތަކެތި ހުށަހަޅަންޖެހޭ ގޮތް: ވަޒީފާއަށް އެދޭ ފޯމް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv  ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  01 ފެބުރުވަރީ 2019 އާއި 15 ފެބުރުވަރީ 2019  އާއި ދެމެދު ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ސޯޓްލިސްޓް ކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

                  އިމާމު ކަމުގެ ޝަރުތު ހަމަވާ މީހަކު ނުލިބިއްޖެނަމަ މި އިޢުލާނާއި ގުޅިގެން ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިޔު ކުރުމާއެކު ދެވޭ ޤުރުއާން ޓެސްޓަކުން ފާސްވެ އެންމެ މަތީ މާކުސް ލިބޭ އެންމެ ޤާބިލުކަމަށް ފެންނަ ފަރާތްތަކަށް މުދިމު ކަމުގެ ވަޒީފާ ލިސްޓުކުރެވިފައިވާ ތަރުތީބުން ހަމަޖެއްސޭނެއެވެ.

 ތަކެތި ހުށަހެޅުމުގެ ސުންގަޑި: 29 ޖެނުވަރީ 2019 ވާ ( އަންގާރަ ) ދުވަހުގެ 14.00 ގެ ކުރިން

         

             14 ޖުމާދަލްއޫލާ 1440

               20  ޖަނަވަރީ  2019                    

20 ޖަނަވަރީ 2019
ހޯދާ