މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސާރވާ އެއް ހޯދުން

އިޢުލާން

  ނަންބަރު:MMS-A/2019/02

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ސާރވާ އެއް ހޯދުން

އިޓަލީ ސަރުކާރުގެ ހިލޭ އެހީގެދަށުން މި ސަރވިސަސްގައި ހިންގާ މަޝްރޫޢެއްގައި، މި ސަރވިސްއަށް ސާރވާ އެއް ހޯދުމަށް ބޭނުންވެގެން 2019 ޖަނަވަރީ 13 ވަނަ ދުވަހު ކުރެވުނު ފުރަތަމަ އިޢުލާނު ނަންބަރު MMS-A/2019/01 އާއި ގުޅިގެން ބީލަން ހުށަހެޅުމަށް 3 ފަރާތުން ވަޑައިގެންފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މި ސަރވިސްގެ ފަރާތުން މިކަމަށް ތައްޔާރުކޮށްފައިވާ މިންގަނޑަށް ސާރވާއެއް ފޯރުކޮށްދޭނެ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

2019 ޖަނަވަރީ 22 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުގައި، އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓު (ޓާރމްސް އޮފް ރިފެރެންސް) ތިރީގައި ލިންކް އިން ލިބިވަޑައިގަންނަވާނެއެެވެ.

http://www.meteorology.gov.mv/uploads/1ff8a7b5dc7a7d1f0ed65aaa29c04b1e.pdf

17 ޖަނަވަރީ 2019
ހޯދާ