ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ގުޅޭ

c

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ / ދިވެހިރާއްޖެ          

              

ނަންބަރ: (IUL)403-M/403/2019/12 

 

އިޢުލާނު

ވިޔަފާރި ކުރުމަށް ބިން ދޫކުރުމާއި ގުޅޭ:

 

            ބަނދަރުގައި ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ޕްލޭން ކުރެވިފައިވާ ބިންތަކުގެ ތެރެއިން 08 ނަންބަރ ބިން، ވިޔަފާރިކުރުމަށް ބީލަމުގެ އުސޫލުން ދޫކުރުމަށް ކުރި ނަންބަރު:(IUL)403-A/403/2018/23 (03 އޭޕްރީލް 2018) އިޢުލާނާއި ގުޅިގެން 3 ފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.

 

       * މަޢުލޫމާތު ސާފުކުރުން: 27 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި

      * އެސްޓިމޭޓް ހުށަހެޅުން: 03 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި

 

       މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.

           11 ޖުމާދަލްޢޫލާ 1440

            17 ޖަނަވަރީ 2019

 

 

 

                                                         ޢަބްދުލް މުޙުސިން މުޙައްމަދު

                                                      ކައުންސިލްގެ ރައީސް

17 ޖަނަވަރީ 2019
ހޯދާ