ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑީސަލް އަދި ޕެޓްރޯލް ހޯދުމާއި ގުޅޭ

c

 

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ

މާމެންދޫ / ދިވެހިރާއްޖެ            

              

                                                 ނަންބަރ: (IUL)403-M/403/2019/10

އިޢުލާނު

ޑީސަލް އަދި ޕެޓްރޯލް ހޯދުމާއި ގުޅޭ:

             ވޭސްޓު މެނޭޖްމަންޓު ސެންޓަރަށް ބޭނުންވާ ޑީސަލް އަދި ޕެޓްރޯލް ސަޕްލައި ކޮށްދޭނެ ފަރާތެއް ފަރާތެއް ބޭނުންވެގެން ކުރި ނަންބަރު: (IUL)403-M/403/2018/95 (26 ޑިސެމްބަރ 2018) އިޢުލާނާއި ގުޅިގެން 3 ފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ހުޅުވާލަމެވެ. ވީމާ މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

 

     * މަޢުލޫމާތު ސާފުކުރުން: 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

     * އެސްޓިމޭޓް ހުށަހެޅުން: 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި

 

             މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.

             މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

           11 ޖުމާދަލްޢޫލާ 1440

           17 ޖަނަވަރީ 2019

 

 

                                                 ޢަބްދުލް މުޙުސިން މުޙައްމަދު

                                                    ކައުންސިލްގެ ރައީސް

17 ޖަނަވަރީ 2019
ހޯދާ