ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަނިޔާ ޢިމާރާތް ކުއްޔަށް ދޫކުރުން

    މިހާރުގެ ބޭކަރީގެ މަސައްކަތްތައް ކުރަމުން އަންނަ ވަނިޔާ ޢިމާރާތް (ދިރާގު ޓަވަރ ކުރިން ހުރި ޢިމާރާތް) ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ،މި އިމާރާތް 5 އަހަރު ދުވަހުގެ މުއްދަތަށް މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނައިފަރު ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ފޯމް ވިއްކުން

20 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 9:00 އިން ފެށިގެން 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ނިޔަލަށް ނައިފަރު ކައުންސިލްގެ އިދާރާއިން ބިޑް ޑޮކިއުމެންޓްސް ގަންނަން ލިބޭނެއެވެ. ބިޑް ޑޮކިއުމެންޓްސް ވިއްކާނީ ދެންނެވިފައިވާ ތާރީޚުން ފެށިގެން ކޮންމެ ދުވަހެއްގެވެސް 9:00 އިން 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއިންނެވެ.

ބިޑްގަތުމަށް ޙާޟިރުވުމަށް ޢުޒުރުވެރިވާ ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވައިގެން ބިޑް ޑޮކިއުމެންޓްސް ގަނެވޭނެއެވެ. ބިޑް ހުށަހެޅޭނީ ބިޑްގަނެފައިވާ މީހާގެ/ފަރާތުގެ ނަމުގައެވެ.

ބިޑް ޑޮކިއުމެންޓްސް ވިއްކާ އަގަކީ 50.00 ރުފިޔާއެވެ.

 

މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް

ވަނިޔާ އިމާރާތް ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީ ބިޑް މީޓިންގް އޮންނާނީ 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ12:00   ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ. ޕްރީ ބިޑް މީޓިންގް އަށް ވަޑައިގަންނަވާއިރު ބިޑް ޑޮކިޔުމެންޓްސް ގެންނަން ވާނެއެވެ. ބިޑް ޑޮކިއުމެންޓްސް ބައްލަވައި ގަންނަވާ ފަރާތްތަކުގެ ތެރެއިން ޕްރީ ބިޑް މީޓިންގްއަށް ހާޒިރުނުވާ ފަރާތްތަކަށްވެސް ބިޑް އޯޕެން މީޓިންގްގައި ބައިވެރިވެވޭނެއެވެ.

ބިޑް އޯޕަން މީޓިންގް

ބިޑް ޑޮކިއުމެންޓްސް ބައްލަވައިގަނެފައިވާ ފަރާތްތަކުން، ބިޑްފޯރމް ފުރިހަމަކޮށް ހުށަހެޅުން އޮންނާނީ 27 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 12:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައެވެ.

ވީމާ، ބިޑް ފޯމް ބައްލަވާގަންނަވާ ބޭފުޅުން، ބިޑް ހުށަހަޅާ ފޯމް ފުރިހަމަކޮށް ހުށައެޅުމަށްޓަކައި 27 ޖެނުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއަށް ހާޒިރުވެދެއެވުން އެދެމެވެ. ބިޑް ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.

 

17 ޖަނަވަރީ 2019
ހޯދާ