ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީއަށް އައިޓީއާއި ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް.

ނަންބަރ: IUL)221-ASS/221/2019/3) 

 

އިޢުލާން

މި އޮތޯރިޓީއަށް އައިޓީއާއި ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އޮތޯރިޓީއަށް އައިޓީއާއި ގުޅޭ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުވެގެން ކުރެވުނު ނަންބަރު: IUL)221-ASS/221/2019/2)  (މ3 ޖަނަވަރީ 2019) އިއުލާނާއި ގުޅިގެން މި އޮތޯރިޓީން ދިން މައުލޫމާތާއި އެއްގޮތައް ޝަރުތު ހަމަވާ ތިންފަރާތުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މި ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 22 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:45 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖެނުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 11:45 އަށް މި އޮތީރިޓީ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކަށް ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.

          

   

 

                             11  ޖުމާދަލްއޫލާ     1440 

                             

 

 

 

17 ޖަނަވަރީ 2019
ހޯދާ