ދިވެހިރާއްޖެ
މިޞްރުގެ މިނިސްޓްރީ އޮފް ކަލްޗަރގެ ކަލްޗަރަލް ޑިވެލޮޕްމަންޓް ފަންޑާއި އިޖީޕްޓިއަން އެނިމޭޝަން ސަޮސައިޓީ އިން އިންތިޒާމްކޮށްގެން އަންނަ ފެބްރުއަރީމަހުގެ 21 ން 28 ށް ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ ކައިރޯ އިންޓަރނޭޝަނަލް އެނިމޭޝަން ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެ އަށް ވަނީ ލިބިފައެވެ.
އެގޮތުން މިފޯރަމްގައި ބައިވެރިކުރެވެނީ 2017 ން 2018 ށް ނެރެފައިވާ އެނިމޭޝަންތަކެވެ. އަދި ހުށަހަޅާ އެނިމޭޝަންއަކީ އެއް މިނެޓަށްވުރެ ކުރު އެނިމޭޝަންއަކަށް ވެގެން ނުވާނެއެވެ.
ވީމާ، މިފޯރަމްގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން 24 ޖެނުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިސެންޓަރަށް އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯރަމްއާއިބެހޭ މަޢުލޫމާތު ކަރުދާސް އަދި އެޕްލިކޭޝަން ފޯމް އިޢުލާނާއި އެކު ހިމަނާފައިވާނެއެވެ. އަދި ވެބްސައިޓް www.nca.gov.mv އިންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސެންޓަރުގެ ފޯނު ނަންބަރު 3344667 އަށް ގުޅުއްވުން އެދެމެވެ.