ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން ކިޔެއުމުގެ ރަށު މުބާރާތާއި ބެހޭ
(IUL)266/266/2019/3 ( 06 ޖަނަވަރީ 2019 ) އާއި ގުޅޭ ގޮތުން ދަންނަވަމެވެ.
ރަށު ފެންވަރުގައި ބޭއްވޭ ޤްރުއާން މުބާރާތުގެ އެޕްލިކޭޝަންގެ މުއްދަތު އިތުރުކޮށްދެއްވުމަށް އެދި ގިނަ ފަރާތްތަކަކުން އެދިލައްވާފައިވާތީ ފޯމް ހުށަހެޅުމުގެ މުއްދަތު 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރުކޮށްދެވިފައިވާ ވާހަކަ ދަންނަވަމެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް ނުވަތަ ޤުރުއާން ކްލާސް މެދުވެރިކޮށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
ޤްރުއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކު 08:00 ން 14:00 ށް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
17 ޖަނަވަރީ 2019
ހޯދާ