މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މަޑުއްވަރީގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދުން

މ.މަޑުއްވަރީ މަސްޖިދުލް އަމަލު މިސްކިތު ހޯލުތެރޭގައި މ.މަޑުއްވަރީ ކައުންސިލުން ދޭ ކުރެހުމާއި ، މަޢުލޫމާތާއި އެއްގޮތަށް ކައުންސިލުން ބަޔެއް ތަކެތި ދިނުމުން ، އަމިއްލަ ތަކެތީގައި ހިނަވާގެއެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 03 ފެބުރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ 13:15 އަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރައްވަން މި އިދާރާއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ އިރުގައާއި އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވާ ފަރާތުން މުއްދަތު ހަމަ ނުވާ އައިޑީކާޑު ގެންނަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަވާނީ ސިޓީ އުރައަކަށްލާ ބަންދުކުރައްވައިގެން ހުށަހަޅުއްވަން އޮތް ގަޑިއަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ.

 

އަންނަނިވި ލިޔުންތައް ހަމައަށް ހުށަހަޅާފައިނުވާނަމަ އެ އަންދާސީ ހިސާބެއް ބާތިލުކުރެވޭނެއެވެ.

  • އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ކުލަބު/ ޖަމުޢިއްޔާ އެއް ނަމަ ކުލަބު/ޖަމުޢިއްޔާގެ ރަޖިސްޓްރީގެ ކޮޕީ
  • އަމިއްލަ ފަރާތެއް ނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ
  • ހުށަހަޅުއްވަން ދުރުވާ ފަރާތުގެ އައިޑީކާޑުގެ އަޞްލު
  • ކުންފުނި/ ކުލަބު ޖަމުއިއްޔާ އިން އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ މަޢުލޫމާތު އަންގައިދޭ ރަސްމީ ލިޔުން
  • އަންދާސީ ހިސާބު ހުށަހަޅުއްވަން ދުރުވަނީ މަޢުލޫމާތު ސާފުކުރެއްވި ފަރާތުން ނޫންނަމަ ، ވަޑައިގަންނަވާނެ ފަރާތް އަންގައިދޭ ލިޔުން

 

ޕޮއިންޓް ދިނުމުގައި އަންދާސީ ހިސާބުތައް އެވެލުއޭޓް ކުރާ ކޮމެޓީން ބަލާނެ މިންގަނޑު

  • ހުށަހެޅޭ އެންމެ ކުޑަ އަގު %80
  • މާލީ ޤާބިލުކަމަށް
  • ތަޖުރިބާއަށް %5
16 ޖަނަވަރީ 2019
ހޯދާ