ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އިސްދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން GS-186/IU/2018/43
އާއި ގުޅިގެން އެކަށޭނެ އަގެއް ހުށައަޅާފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
1. 01 ފެބްރުއަރީ 2019 އިން 31 ޑިސެމްބަރ 2019 އަށް އިސްދޫ ސްކޫލް ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 21 ޖެނުއަރީ 2019 ވަނަ ދުވަހު 13:00 އަށް އިސްދޫ ސްކޫލް އޮފީހަށް ވަޑައިގެން ނަންނޯޓް ކުރުން އެދެމެވެ. އަދި ނަން ނޯޓް ކުރާފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 21 ޖެނުއަރީ 2019 ވަނަ ދުވަހު 13:15 ގައި އިސްދޫ ސްކޫލްގެ އޮފީހުގައެވެ.
3. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 28 ޖެނުއަރީ 2019 ވާ ( ހޯމަ ) ދުވަހު ގެ މެންދުރު 13:00 ގައި އިސްދޫ ސްކޫލް އޮފީހުގައެވެ.
* މިކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރ ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ ނަންބަރަށް ( ރަސްމީގަޑީގައި ) ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ސެކްޝަން
އިސްދޫ ސްކޫލް
ފޯން: 6800562,
އީ-މެއިލް: [email protected]
16 ޖެނުއަރީ 2019