ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުން
ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ހޯދުން
- މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)RS/1/2019/7 އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގައި ޝަރުޠުހަމަވާ 3 ފަރާތް ނެތުމުން އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- މިމަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 2019 ޖަނަވަރީ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ މެއިލަށްހުށަހަޅުއްވައި ނަންނޯޓުކުރެއްވުން އެދެމެވެ. މިމުއްދަތުގައި މެއިލް މެދުވެރިކޮށް ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭއެވެ.
- މިމަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖަނަވަރީ 19 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2019 ޖަނަވަރީ 20 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ރެހެންދި ސްކޫލުގެ ފައިސާއާބެހޭބައިގައެވެ.
- މިމަސއްކަތާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ރެހެންދި ސްކޫލް ފައިސާއާބެހޭބައި
ފޯން: 3359902، 3359900
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
15 ޖަނަވަރީ 2019
ހޯދާ