ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ އޮފީސް އިމާރާތުގެ ކަރަންޓްވައިރު ބަދަލުކުރުމާއި ބެހޭ

                                                                                                  GS66/IUL/2019/04

އިޢުލާން

 

ސްކޫލްގެ އޮފީސް އިމާރާތުގެ ކަރަންޓްވައިރު ބަދަލުކުރުމާއި ބެހޭ

 

މި ސްކޫލުގެ އޮފީސް އިމާރާތުގެ ކަރަންޓްވައިރާއި ހަލާކުވެފައިވާ ލައިޓްތަކާއި ކަރަންޓުބޯޑުތަށް އަމިއްލަ ތަކެތީގައި ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު މި ސްކޫލްގެ ނަންބަރ  49GS66/IUL/2018/ (24 ޑިސެމްބަރ) އިޢުލާނަށް ހުށަހެޅުނު އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި: 22 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު  13:30

ތަން:       ތޮއްޑޫ ސްކޫލް 

ތާރީޚާއި ގަޑި: 29 ޖެނުއަރީ 2019 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30

ތަން:       ތޮއްޑޫ ސްކޫލް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.  މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ޖެހޭނެއެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18 އަދި 2014/19 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.

15 ޖަނަވަރީ 2019
ހޯދާ