ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ފުނަދޫ ސްކޫލް

   ށ.ފުނަދޫ

      ދިވެހިރާއްޖެ                                   ނަންބަރު: (IUL)GS-59-AD/INDIV/2019/5 

 

އިޢުލާން

 

 

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން:

 

                        މި ސްކޫލުގެ ނަންބަރު: (IUL)GS-59-AD/INDIV/2018/32 ( 19 ނޮވެމްބަރ 2018 ) ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ބާތިލުކޮށް އަލުން އިޢުލާންކުރަމެވެ.

                        2019 ވަނަ އަހަރުގެ ފެބުރުއަރީ 01 ވަނަ ދުވަހުން ފެށިގެން 2019 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                  ވީމާ، މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ޖެނުއަރީ 22 ވާ އަންގާރަ ދުވަހުގެ 10:30 ށް މިސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ޖެނުއަރީ 28 ވާ ހޯމަަ ދުވަހުގެ 13:30 ގައި މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ.

                  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6540540 ނަންބަރު އާއި ގުޅުއްވުން އެދެމެވެ.

09 ޖުމާދަލްއޫލާ 1440

15 ޖެނުއަރީ 2019

15 ޖަނަވަރީ 2019
ހޯދާ