ދިވެހިރާއްޖެ
ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމަށް އިޢުލާންކުރެވުނު ބިޑާ ގުޅިގެން ކ. ފަރުކޮޅުފުށި ބިޑް ޑޮކިއުމަންޓަށް ގެނެވުނު ފުރަތަމަ އިޞްލާޙު
ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް 14 ޖަނަވަރީ 2014ވީ ދުވަހު ކުރެވުނު ބިޑް ޑޮކިއުމަންޓް ނަންބަރު BID-FARU/2014/001 އަށް ހަވާލާދީ ދަންނަވަމެވެ.
ކ. ފަރުކޮޅުފުށި ރިޒޯޓެއްގެ ގޮތުގައި ހިންގުމާ ގުޅޭގޮތުން ކުރެވުނު ބިޑް ޑޮކިއުމަންޓަށް މިމިނިސްޓްރީން ތިރީގައިވާ އިޞްލާޙު ގެނެވިފައިވާކަން އަންގައި އިޢުލާންކުރަމެވެ.
ބިޑް ޑޮކިއުމަންޓްގެ އިންވިޓޭޝަން ފޯރ ބިޑް (އައި.އެފް.ބީ)ގެ 8 ވަނަ މާއްދާއަށް ގެނެވުނު އިޞްލާޙު ތިރީގައި އެވަނީއެވެ.
8. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުންގެ ތަފުސީލު ތިރީގައި މިވަނީއެވެ.
(ހ) ކުންފުންޏެއް ނުވަތަ ޢާންމު ފަރުދެއްގެ ޝަޚުޞިއްޔަތު އަންގައިދޭ ލިޔުން (ޢާންމު ފަރުދެއްނަމަ ނޭޝަނަލް އައިޑީކާޑު ނުވަތަ ޕާސްޕޯޓް، ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއްނަމަ ރަޖިސްޓްރޭޝަނުގެ ކޮޕީ)
(ށ) އިންވިޓޭޝަން ފޯރ ބިޑް (އައި.އެފް.ބީ)ގެ 7 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ބިޑް ފޮތުގެ އަންގަވާ ފައިސާ
14 ރަބީޢުލްއައްވަލް 1435