މަޤާމް
|
ޕްރޮކިއުމަންޓް އޮފިސަރ
|
ބޭނުންވާ ޢަދަދު
|
1
|
މުސާރަ
|
6500.00 ރުފިޔާ
|
އެލަވަންސް
|
އެސޯސިއޭޝަންގެ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު އެލަވަންސްތައް
|
އޮފީސް
|
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
|
ޑިޕާރޓްމަންޓް
|
ޓްރެވަލިންގ، ހޮސްޕިޓަލިޓީ އެންޑް ޕްރޮކިއުމަންޓް
|
މަޤާމުގެ ކްލެސިފިކޭޝަން
|
އެސިސްޓަންޓް އޮފިސަރ
|
މަޤާމުގެ ޝަރުތުތައް
|
- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
- ސާނަވީ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުން.
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރެވޭނެ ފަރާތަކަށްވުން.
- މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތައް ރަނގަޅަށް ބޭނުން ކުރަން އެނގުން.
|
މަޤާމުގެ މަސްއޫލިއްޔަތު
|
- މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއް ފެށޭއިރު، އޮފީހަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ޑިވިޜަން ތަކުނެ ހޯދައި، ވެރިއެއްގެ ލަފާގެ މަތިން ޕްރޮކިއުމަންޓް ޕްލޭން ތައްޔާރު ކުރުމަށްފަހު ޓެންޑަރ ފޮނުވުން.
- ސެކްޝަންތަކުން ތަކެއްޗާއި ޚިދުމަތަށް އެދި ހުށަހަޅާ ފޯމް ފޮނުވުމުން ތަންތަނުން ކޯޓޭޝަން ހޯދައި، ރިކުއިޒިޝަން ފޯރމް އަދި ކޯޓޭޝަން މެއިންޓޭން ކުރުން.
- ކޯޓޭޝަން ހޯދައިގެން، ވެރިއެއްގެ ލަފާގެ މަތިން އޮފީހަށް ފައިދާ ހުރި ގޮތަކަށް ތަކެތި ގެނައުމުގެ މަސައްކަތް ރިކުއިޒިޝަން ފޯރމް ހުށަހަޅާތާ 3 ދުވަހުގެ ތެރޭގައި ހޯދުން
- ވެރިއެއްގެ ލަފާގެ މަތިން ޕާރޗޭސް އޯޑަރ (ޕީ.އޯ) ހެދުމާއި އެސެޓް ކްރިއޭޓް ކުރުމަށް ރިކުއެސްޓް ކުރުން
- ވެރިއެއްގެ ލަފާގެ މަތިން އެސޯސިއޭޝަންގައި ބޭނުން ކުރަމުންގެންދާ އަގުބޮޑު، ހާޑްވެއަރ ސިސްޓަމްތައް ސާރވިސް ކުރުމަށް ޓެންޑަރކޮށް، ކޮންޓްރެކްޓަރެއް ހޯދައި، ބެލެހެއްޓުން
- މާލިއްޔަތު ޤަވައިދުފައިވާ ގޮތުގެ މަތިން ޕްރީ ބިޑް މީޓިންގއާއި ބިޑް އޯޕަނިންގގެ މަސައްކަތް ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން
- އެކި އެކި އޮފީސް ތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުމާއި އެސިޓީތައް ފައިލްކޮށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
- މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި ހާޒިރުވުން.
- ސިއްރުތަކަށް ރައްކާތެރިވުމާއި، އިދާރީ އެއްވެސް މަޢުލޫމާތެއް ޙަވާލުވެހުރި ވެރިއެއްގެ ހުއްދަނެތި އެއްވެސް ފަރާތަކަށް ނުދިނުން.
- އެކިއެކި ކަންކަމުގައި ޒިޔާރަތް ކުރައްވާ ފަރާތްތަކަށާއި ފޯނުންގުޅުއްވާ ފަރާތްތަކަށް މަޢުލޫމާތު އޮޅުންފިލުވައި ދިނުމާއި، އަދި އެފަރާތްތަކުން ހުށަހަޅުއްވާ ކަންކަން ކަމާބެހާ ވެރިއަކަށް އެންގުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން، އެސޯސިއޭޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ސްޕަވައިޒަރު ހަވާލުކުރާ އެންމެހައި މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ތަކެތި
|
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ 09:00 އިން 16:00 އަށެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚް
|
20 ޖަނަވަރީ 2019 މެންދުރު 12:00 ގެ ކުރިން، ހުރިހާ ޑޮކިއުމަންޓެއް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލް ކޮށްދެއްވުން އެދެމެވެ. އީމެއިލް: [email protected]
|
އިތުރު މަޢުލޫމާތު
|
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3327868 / 3327768ނަންބަރު ފޯނާއެވެ.
މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު އެސޯސިއޭޝަނަށް ލިބިގެންވެއެވެ.
|