ދިވެހިރާއްޖެ
އެނައުންސްމަންޓް
ދުންފަތުގެ ވަބާއިން ދިވެހި މުޖްތަމަޢު ރައްކާތެރިކުރުމަށް ޚާއްޞަވެގެން މަސައްކަތް ކުރާނޭ މަދަނީ ޖަމްޢިއްޔާ އެއް ނުވަތަ ޖަމާޢަތެއް އުފެއްދުމަށް ޝައުޤުވެރިވާ ފަރާތްތަކާއި މަޝްވަރާކުރުން
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޢާއްމު ޞިއްޙަތަށް ހުރި އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މިހެންވުމާއި އެކު ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތަކީ އެންމެ މުހިއްމު އެއް މަސައްކަތެވެ. މިގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި އަދި މިކަމާ ގުޅުންހުރި ބައިނަލް އަޤްވާމީ އިދާރާތަކާއި ބައެއް ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އަމިއްލަފަރުދުން ޙިއްޞާވެގެން މިހާރު ކުރެވެމުންދާ މަސައްކަތްތައް މިހާރަށްވުރެވެސް ފުޅާކޮށް، ދުންފަތް ކޮންޓްރޯލްކުރުމަށް ދޭންޖެހޭ އަހައްމިއްޔަތާ ސަމާލުކަން ކަށަވަރުކުރުމަށް ޚާއްޞަވެގެން ވަކާލާތްކޮށް ޢަމަލީގޮތުން މަސައްކަތް ކުރާނޭ މަދަނީ ޖަމްޢިއްޔާއެއް ނުވަތަ ޖަމްޢިއްޔާތަކަށް ނިޞްބަތްވާ އިއްތިހާދެއް ޤާއިމުވެ މި މުހިއްމު މަސައްކަތުގައި ޝާމިލުވުމަކީ ވަރަށްވެސް ބޭނުންތެރި ކަމެއްކަމުގައި މި އެޖެންސީއިން ދެކެމެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ހިނގާ ގިނަ ޤައުމުތަކުގެ ތަޖްރިބާއަކީވެސް، މި މަސައްކަތުގައި އެފަދަ ޖަމްޢިއްޔާތަކުގެ ދައުރާއި ޙިއްސާ ބޮޑުކަވުމެވެ.
މި ދެންނެވުނުފަދަ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް އުފެއްދުމަށް ބޭނުންވާފަރާތްތަކަށް، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ މަޢުލޫމާތާއި، އަދި މިފަދަ ޖަމްޢިއްޔާއެއް އުފައްދާ ޙަރަކާތްތެރިވުމާބެހޭ ފަންނީ އަދި އިދާރީ އެހީތެރިކަން ފޯރުކޮށްދިނުމަށް މި އެޖެންސީއިން ބޭނުންވާތީ، މިކަމަށް ޝައުޤުވެރިފާ ފަރާތްތަކާއި ބައްދަލުކޮށް މަޝްވަރާ ކޮއްލުމަށް މި އެޖެންސީއިން ޤަސްދު ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަނިވި މަޢުލޫމާތާއެކު، ޝައުޤުވެރިވާކަން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މި އެޖެންސީއަށް ސިޓީއަކުން ނުވަތަ އީމެއިލް އިން [email protected] އަށް 30 ޖަނަވަރީ 2019 ގެ އޮފީސްބަންދުވުމުގެ ކުރިން އަންގަވައިދެއްވުން އެދެމެވެ.
1- ޝައުގުވެރިވާ ފަރާތުގެ/ޖަމްޢިއްޔާ ނަން
2- ޖަމްޢިއްޔާއެއްނަމަ އެ ޖަމްޢިއްޔާގެ މައިގަނޑު މަސައްކަތް/މަޤްސަދު
3- މަސައްކަތުގައި ހަރަކާތްތެރިވާ ސަރަޙައްދު
4- މި މަސައްކަތަށް ޖަމްޢިއްޔާއެއް ނުވަތަ ކޯލިޝަނެއް އުފެއްދުމަށް ޝައުޤުވެރިވާ ސަބަބު
5- ދުންފަތް ކޮންޓްރޯލް ކުރުމަށް އެއްވެސް ހަރަކާތެއް މިހާރު ހިންގާނަމަ ނުވަތަ އެފަދަ ޙަރަކާތެއްގައި ބައިވެރިވާނަމަ، އެ ހަރަކާތެއްގެ ނަން
5- ރާއްޖެއިން ބޭރުގެ އެއްވެސް ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތަކާ ރަސްމީގޮތުން ގުޅުމެއް ޤާއިމުކުރެވިފައިވާނަމަ ނުވަތަ އެހީތެރިކަމެއް ލިބި ނުވަތަ ހޯދާފައިވާނަމަ އެ ފަރާތެއްގެ ނަން
ނޯޓް: ދުންފަތް ކޮންޓްރޯލް ކުރުމަށް ޤައުމުތަކުން ކުރާ މަސައްކަތަށް، ދުންފަތުގެ ސިނާޢަތުން ފޯރުވަފާނެ ނުފޫޒަކުން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކާއި އަދި ކުރެވޭ މަސައްކަތްތައް ރައްކާތެރިކުރުމަކީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، އެފް.ސީ.ޓީ.ސީ (Article 5.3) އިން ލާޒިމްކުރާކަމެކެވެ.
ވީމާ، އެ މާއްދާގައި ކަނޑައަޅާފައިވާ ގޮތުގެމަތިން ދުންފަތުގެ ވިޔަފާރިކުރާ، ނުވަތަ ދުންފަތުގެ ވިޔަފާރިން ސީދާގޮތުގައި ފައިދާލިބޭ ނުވަތަ ދުންފަތުގެ ސިނާޢަތުގެ މަސްލަޙަތުތައް ކުރިއަރުވަން މަސައްކަތްކުރާ އެއްވެސް ފަރާތެއް، ދުންފަތް ކޮންޓްރޯލް ކުރުމުގެ އެއްވެސް މަސައްކަތެއްގައި ޝާމިލު ނުކުރެވޭނެއެވެ.
މި އެނައުންސްމަންޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އެޖަންސީގެ ފޯނު ނަންބަރު 3014411 ނުވަތަ 3014455 އަށް ގުޅުއްވުން އެދެމެވެ.
