ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/01
އިޢުލާން
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 2019
16 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް 07 މާރިޗު 2019 ން 16 މާރިޗު 2019 ށް ޝެޑިއުލް ކުރެވިފައިވުމާއި އެކު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ މިމުބާރާތުގެ ޓީމް އިވެންޓްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ އެންމެހައި ސްކޫލް/ މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތް ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރ އެނގޭނެގޮތަށް 07 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަނަށް ލިޔުމުން ހުށައެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން ހަވީރު 16:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މުބާރާތުގެ ޓީމް އިވެންޓްގެ އުމުރުފުރާތައް:
14 އަހަރުންދަށް، (އަންހެން / ފިރިހެން)
16 އަހަރުންދަށް، (އަންހެން / ފިރިހެން)
19 އަހަރުންދަށް، (އަންހެން / ފިރިހެން)
މުބާރާތުގެ އަމިއްލަ އިވެންޓްގެ އުމުރުފުރާތައް:
12 އަހަރުންދަށް، (ސިންގަލްސް)
14 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް)
16 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)
19 އަހަރުންދަށް، (ސިންގަލްސް، ޑަބަލްސް، އަދި މިކްސްޑަބަލްސް)
14 ޖަނަވަރީ 2019