އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ (އދ. ދިއްދޫ ކައުންސިލް)

އިޢުލާނު

 

އދ.ދިއްދޫ ކައުންސިލް އިން ހުސްވެފައިވާ މަޤާމަށް މީހަކު ހޯދުމާއިބެހޭ

 

          

އެސިސްޓެންޓް ޕްލޭނިންގ އޮފިސަރ

މަޤާމް:

J-303192

މަޤާމުގެ ނަންބަރު:

01

ބޭނުންވާ އަދަދު:

ވަގުތީ

މަޤާމުގެ ގިންތި:

09 ޖަނަވަރީ 2021 ގެ ނިޔަލަށް

މުއްދަތު:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް ޔުނިޓް

ސެކްޝަން:

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް:

އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ، އދ. ދިއްދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

4465.00

މުސާރަ:

1500.00

ސަރވިސް އެލެވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އިތުރު ޢިނާޔަތްތައް:

 

      1. ރަށުކައުންސިލުން ކަނޑައަޅާ ތަރައްޤީގެ މަޝްރޫޢުތަކާއި، ޕްލޭންތައް ރޭވުމާއި، އެކަންކަން މޮނިޓަރކޮށް ބެލެހެއްޓުމާއި، އެކަންކަމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކޮށް ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތައް ފޮނުވުމާއި، އެކަންކަމުގެ ރެކޯޑް ބެލެހެއްޓުން.

      2. ރަށުކައުންސިލުން ދިނުމަށް ޤާނޫނުން ލާޒިމްކުރާ ޚިދުމަތްތައް ދެނެގަނެ އެ ޚިދުމަތްތައް ދެވޭނެގޮތްތައް ރޭވުމާއި، އެފަދަ ޚިދުމަތްތަކަށް ފީ ކަނޑައެޅުމުގެ ކަންތައް ބެލެހެއްޓުމާއި، އެފަދަކަންކަމާއި ގުޅިގެން ހަދަންޖެހޭ ޤަވާއިދުތައް ޑްރާފްޓްކުރުމާއި، ލިޔެ ބެލެހެއްޓުން.

      3. ރަށުކައުންސިލުން ހިންގާ ތަރައްޤީގެ ޙަރަކާތްތަކާއި ގުޅިގެން ނުވަތަ އެނޫންވެސް ގޮތަކުން ތިމާވެއްޓަށްކުރާ އަސަރު ދެނެގަތުމާއި، ތިމާވެއްޓާއިބެހޭ މަޢުލޫމާތު އެކިފަރާތްތަކަށް ފޯރުކޮށްދީ އެކަމާއިބެހޭ ރެކޯޑް ބެލެހެއްޓުން.

      4. ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި އަދި ލޭންޑްޔޫސް ޕްލޭން ހެދުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމާއި، މިނޫންވެސް އެކިއެކި ޕްލޭންތަކާއި ގުޅިގެން ލަފަޔާއި، އިރުޝާދު ހޯދަންޖެހޭ އެކިއެކިފަރާތްތަކުގެ ލަފަޔާއި، އިރުޝާދު ހޯދާ ކަމާބެހޭ ފަރާތްތަކަށް އެމަޢުލޫމާތު ފޯރުކޮށްދިނުން.

      5. ސަރުކާރުގެ ފަރާތުންނާއި، ރަށުކައުންސިލުން އަދި އެހެނިހެން ގޮތްގޮތުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި، ދޭންޖެހޭ ޚިދުމަތްތަކާއި ގުޅިގެން ކުރަންޖެހޭ ސަރވޭ އަދި ދިރާސާކުރުމުގެ ކަންކަން ބަލަހައްޓައި، ތަރައްޤީގެ އެކިއެކި ކަންކަމަށް ބޭނުންވާ ޑޭޓާތައް ހޯދާ ބެލެހެއްޓުން.

      6. އައި. ޑީ ކާޑާބެހޭ އެންމެހާ ކަންތައްތައްކޮށް ރިކޯޑް ބެލެހެހެއްޓުމާއި، އިކޮނޮމިކް މިނިސްޓްރީ ވިއުގައިން ވިޔަފާރިހުއްދަ ދިނުމުގެ މަސައްކަތްތައް ބެލެހެއްޓުން (ކުންފުނި، ލޯކަލް އިންވެސްޓްމަންޓް، އިންޕޯޓ/އެކްސްޕޯޓް، ގެސްޓްހައުސްތަކާއި، ހޮޓާ/ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން ރަޖިސްޓްރީކޮށް އެތަންތަނާ ބެހޭ އެންމެހާ ޤަވާއިދު ހިންގާ ބެލެހެއްޓުން.

  1. މީގެ އިތުރުންވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ގުޅިގެން ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަންގާ ކަންކަން ކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ތައުލީމީ ފެންވަރު:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މައްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ ޝަރުޠުތައް:

 

 

 

 

 

 

 

 

 

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. (%35)
  • މަސައްކަތުގެ ދާއިރާއިން (ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއިން ) ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (%20)
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން. (%45)

މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

ވަޒީފާއަށް އެދޭ ފޯމު މި ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.adh.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ،[email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 ޖަނަވަރީ 2019  އާއި 07 ފެބްރުއަރީ 2019 އާ ދެމެދު، އދ. ދިއްދޫ ކައުންސިލްގެ އިދާރާ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:

 

30% (ތިރީސް އިންސައްތަ)

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680057 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިތުރު މަޢުލޫމާތު ހޯދުން:

 

 

           08 ޖުމާދަލްއޫލާ 1440

           14 ޖަނަވަރީ 2019

 

      ޣައްސާން ޢަބްދުއްﷲ

      ކައުންސިލް މެންބަރ

14 ޖަނަވަރީ 2019
ހޯދާ