ދިވެހިރާއްޖެ
ތާރީޚް:14 ޖެނުއަރީ 2019 ނަންބަރު: GS-177/IUL/2019/01
08 ޖުމާދަލްއައްވަލް 1440
އިޢުލާން
ވަޒީފާގެ ފުރުޞަތު
| 
 މަޤާމް  | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  | 
| 
 މަޤާމްގެނަންބަރު:  | 
 J-122881  | 
| 
 ބޭނުންވާއަދަދު:  | 
 01 (އެކެއް)  | 
| 
 މަޤާމްގެގިންތި:  | 
 ދާއިމީ  | 
| 
 މަޤާމްގެރޭންކް:  | 
 ޖީ.އެސް 3  | 
| 
 މަޤާމްގެކްލެސިފިކޭޝަން:  | 
 އޮފިސަރ ގްރޭޑް 1  | 
| 
 ސެކްޝަން:  | 
 އިދާރީ ސެކްޝަން  | 
| 
 މަޤާމްއޮތްއޮފީސް:  | 
 ތ.ކަނޑޫދޫ ސްކޫލު / ތކަނޑޫދޫ  | 
| 
 ވަޒީފާއަދާކުރަންޖެހޭތަން:  | 
 ތ.ކަނޑޫދޫ ސްކޫލު / ތކަނޑޫދޫ  | 
| 
 މުސާރަ:  | 
 -/4465 (ހަތަރުހާސްހަތަރުސަތޭކަފަސްދޮޅަސްފަސްރުފިޔާ)  | 
| 
 ސަރވިސްއެލަވަންސް:  | 
 -/1500 ( އެއްހާސްފައްސަތޭކަރުފިޔާ)  | 
| 
 އެހެނިހެން އެލަވަންސް  | 
 ސަޕޯޓިންގކޯއެލަވަންސް 2 (-/700 ހަތްސަތޭކަރުފިޔާ)  | 
| 
 އިތުރުޢިނާޔަތްތައް:  | 
1ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.2ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.3ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | 
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: | 
 މިމާޤާމުގެ މައިގަނޑު މަސައްކަތަކީ ސްކޫލްގެ އިދާރީ ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއެކު ސްކޫލްގެ މުވައްޒަފުންގެ ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުމާއި އަދި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި އެހީތެރިވުމެވެ. 
 
 1.1. ކަނޑައެޅިފައިވާ ގޮތުގެ މަތިން ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވާ ލެއްޕުން. 1.2. ކަނޑޫދޫ ސްކޫލްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 1.3. އިންވެންޓްރީގައި ހިމެނޭ ހުރިހައި އެސެޓެއްގައި ނަންބަރުޖަހާ ރެކޯޑް ބެލެހެއްޓުން. 1.4. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާ ގުޅޭ ފޯމްތައް ތައްޔާރުކުރުން. ސުޕަވައިޒަރުން މެދުވެރިކޮށް ފޯމް ފުރުން. 1.5. ސްކޫލްގެ ރަސްމީ އީމެއިލް ޗެކްކުރުމާއި / ސްކޫލުން ފޮނުވަންޖެހޭ އީމެއިލް ފޮނުވުން. 1.6. ކުދިންގެ ވައުޗަރ ދޫކުރުމާއި، ކިޔެވުމަށް ބޭނުންވާ ފޮތް ދޫކުރުން. 1.7. ކަނޑޫދޫ ސްކޫލްގެ ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކުން ތަކެތި ދޫކުރުން. 1.8. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް އެދުމާއި، އެތަކެތި ލިބުމުން ސްޓޮކް ރެކޯޑަށް އެރުވުން. 1.9. ސެކްޝަނުގެ މަސައްކަތަށް ބޭނުންވާ ފޮތްތަކާއި ފައިލްތައް ތައްޔާރުކުރުން. 
 
 2.1. ސްކޫލްގެ މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން. 2.2. ސިވިލްސާރވިސް ޤާވާއިދާ ޚިލާފުވެގެން މުވައްޒަފުންނަށް އަޅާ ފިޔަވަޅުގެ ރެކޯޑްސް ބެލެހެއްޓުން. 2.3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، ޗުއްޓީ ޗިޓް ހަދާ ޙަވާލުކުރުން. 
 
 3.1. ކަނޑޫދޫ ސްކޫލްގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 3.2. ކަނޑޫދޫ ސްކޫލްގެ ފަރާތުން ޢާއްމުފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިވާނޭހެން ޕަބުލިކް ރިލޭޝަންސް އާއި ބެހޭ ކަންތައްތައް ކުރުން. 3.3. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން. 3.4. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރަންވާނެއެވެ. އިދާރީ ހިންގުމާއިބެހޭ ސެކްޝަންގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން ކަނޑޫދޫ ސްކޫލްގައި ހިންގޭ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައި، ސެކްޝަންގެ ވެރިޔާއަށް ކަމާގުޅޭ މަޢުލޫމާތު ދިނުން. | 
| 
 މަޤާމުގެ ޝަރުޠު  | 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް  | 
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު- މަސައްކަތުގެ ތަޖުރިބާލިބިފައިވާ މިންވަރު- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު  | 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް  | 
 )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ؛ 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ (ހ) ދައުލަތުގެ މުވައްސަސާއެއްގައި، ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.  | 
| 
 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި  | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ޖެނުއަރީ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތ.ކަނޑޫދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި، ފެކްސް 6780573 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.  | 
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ  | 
 މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލައަކީ % 45 އެވެ.  | 
| 
 ޝޯޓްލިސްޓްކުރުން  | 
 މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.  | 
| 
 އިތުރު މަޢުލޫމާތު  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް، ގުޅާނީ 6780573 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ 6780573 އެވެ. އީމެއިލް ކުރާނީ، [email protected] އަށެވެ.  | 
08 ޖުމާދަލްއައްވަލް 1440
14 ޖެނުއަރީ 2019
