|
މަޤާމް :
|
ޕޯސްޓްމަން (ގިނަވެގެން 1 މަސްދުވަހުގެ މުއްދަތަށް. އަދި މަސައްކަތް ޙަވާލުކުރާ ފަރާތުން ބޭނުންވާނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)
|
|
މުސާރައާއި އެލަވަންސް:
|
- މަސައްކަތަށް ނިކުންނަ ދުވަހަކަށް 160/- ރުފިޔާ.
|
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
ތިނަދޫ ޕޯސްޓް އޮފީސް
|
|
ބޭނުންވާ އަދަދު
|
01
|
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ދަށްވެގެން ގްރޭޑް 7ގެ ފެންވަރުހުރުން ނުވަތަ
- އިނގިރޭސި ބަހުންނާއި ދިވެހި ބަހުން ފަރިތަކަމާއެކު ލިޔަންކިޔަން އެނގުމާއެކު ކުރާ އިންޓަރވިއުއިން ފާސްވުން.
- ގދ. ތިނަދޫގެ، ގެތަކާއި/އެޑްރެސް އަދި މަގުތަކަށް ފަރިތަވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްހަތެއް ހުރި މީހަކަށްވުން
- ބަރުތަކެތި އެއްތަނުން އަނެއްތަނަށް އުފުލޭ މީހަކުކަމުގައިވުން
- އަމިއްލަ ދުއްވާއެއްޗެއްގައި މެއިލްބެހޭ ފަދަ މީހަކަށްވުން
- ގދ. ތިނަދޫ ގައި ވަޒަންވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
އެހެނިހެން
|
- އުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައި ވުން.
- ވޭތުވެދިޔަ 5 ( ފަހެއް ) އަހަރުދުވަހު ޖިނާޢީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކުކަމުގައި ނުވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (ސިޓީގައި، އިއުލާން ނަންބަރާއެކު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ
- ވަޒީފާ އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
- ޕޮލިސް ރިޕޯޓް ( ވަޒީފާއަށް ހޮވިއްޖެނަމަ، ހުށަހަޅަން ޖެހޭނެއެވެ
|
|
ސުންގަޑި:
|
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2019 ޖަނަވަރީ 22 ވާ އަންގާރަ 14:00 ގެ ކުރިން، ޕޯސްޓް ބިލްޑިންގުގެ 03 ވަނަ ފަންގިފިލާގައި ހުންނަ ހިއުމަން ރިސޯސަސް ސެކްޝަން ހުށަހެޅުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި " ވަޒީފާއަށް އެދި" މިހެން ޖަހަންވާނެއެވެ. ފެކްސްއިން ނަމަ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ނަންބަރު 3321559 ފެކްސް ކުރެއްވުން އެދެމެވެ. ގދ. ތިނަދޫއިން ނަމަ، ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ގދ. ތިނަދޫ ޕޯސްޓް އޮފީހަށް ފޮނުއްވުން އެދެމެވެ.
|
|
އިންޓަވިއު:
|
- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- މި މަޤާމަށް މީހަކު ނެގުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނީ މި އިއުލާން މުއްދަތު ހަމަވާތާ 05 ދުވަހާ 10 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައެވެ.
|
|
ސިޓީ އެޑްރެސްކުރާނެ ގޮތް:
|
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
މާލެ، ދިވެހި ރާއްޖެ
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި، ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ، 3315555 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 3321559 އެވެ.
|
|
14 ޖަނަވަރީ 2019
|