ދިވެހިރާއްޖެ
ANGOLHITHEEM SCHOOL އަނގޮޅިތީމް ސްކޫލް
ރ.އަނގޮޅިތީމް R.Angolhitheem ދިވެހިރާއްޖެ Republic of Maldives
ނަމްބަރ:GS125/IUL/2019/03
އިޢުލާން
ސުކޫލުގެ ސެކިއުރެޓީ 1 އަހަރަށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ
މިސްކޫލުގެ ސެކިއުރެޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް 04 ޑިސެންބަރ 2018ގައި ކުރި އިޢޫލާން (އިޢުލާން ނަންބަރ GS125/IUL/2018/13 ) އާއި ގުޅިގެން ހުށައަޅުއްވައިފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށް، 2019 އަހަރަށް ސުކޫލް ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ކަމަށް ޤާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުމަށް ފުރުސަތު އަރުވަމެވެ.
- މަޢުލޫމާތު ދިނުން :
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 23 ޖެނުއަރީ 2019ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00އުން 13:20ކަށް ސުކޫލު އޮފީހަށް ހާޒިރުވެލައްވާ ބޭފުޅުންނަށް މައުލޫމާތު ސާފުކޮށްދިނުމުގެ ފުރުސަތު އޮންނާނެއެވެ.
- އަނދާސީހިސާބު ބަލައިގަތުމާއި، ކެނޑުން :
ސެކިއުރިޓީ ބަލަހައްޓާ ދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 28 ޖެނުއަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސުކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަނަދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، " 2019 ވަނަ އަހަރަށް ރ.އަނގޮޅިތީމު ސުކޫލުގެ ސެކިއުރެޓީ ބެލެހެއްޓުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މައުލޫމަތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ.
08 ޖުމާދުލްއައްވަލް 1440
14 ޖެނުއަރީ 2019