މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުގެ ދަށުން ތުއްތުކުދިންގެ ކާނާފޮތް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނިއުޓްރިޝަން ޕްރޮގްރާމުގެ ދަށުން ތުއްތުކުދިންގެ ކާނާފޮތް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 20 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޖަނަވަރީ ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
08 ޖުމާދަލްއޫލާ 1440
14 ޖަނަވަރީ 2019
ހޯދާ
