ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމާ ބެހޭ

`

                              

 ނަންބަރ: (IUL)248-CAA/248/2019/6

އިޢުލާން

                   ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގެ ވޯޓު ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އެކުލަވާލުމުގެ މަސައްކަތް އިލެކުޝަން ކޮމިޝަނުން ކުރަމުންދާތީވެ، ރަށްވެހިކަން ބަދަލުވެގެން އެޑުރެސް ބަދަލުވާ  ފަރާތްތައް  2019 ޖަނަވަރީ 15 ގެ ކުރިން އެބަދަލުތައް ގެނައުމަށްފަހު ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް، ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްގެ އިދާރާތަކަށް އަންގަވައި ދެއްވުމަށް އެކޮމިޝަނުގެ ނަންބަރު 38-EA/221/2019/3 ( 07 ޖަނަވަރީ 2019 ) ގެ ސިޓީން ލޯކަލް ގަވަރމަންޓް އޮތޯރިޓީގައި އެދިފައިވާ ކަމަށް  އެ އޮތޯރިޓީގެ ނަންބަރު 221-CCS/2019/4 ( 7 ޖަނަވަރީ 2019 ) ގެ ސިޓީއިން ވަނީ އަންގަވާފައެވެ.

                   ވީމާ، ރަށްވެހިކަން ބަދަލުވެގެން އެޑުރެސް ބަދަލުވާ ފަރާތްތައް 2019 ޖަނަވަރީ 15 ގެ ކުރިން އެބަދަލުތައް ގެނައުމަށްފަހު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް ދެންނެވީމެވެ.

                   މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

14 ޖަނަވަރީ 2019
ހޯދާ