ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ބައެއް މަރާމާތު މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތްތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)GS40/2018/29 18 ޑިސެމްބަރ 2018 އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށައަޅާފައިނުވާތީ، އެ އިޢުލާނު ބާތިލުކޮށް އަލުން އެ މަސައްކަތްތައްކޮށްދޭނެ ފަރާތެއްހޯދުމަށް އިޢުލާނުކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު މި ސްކޫލަށް ބިޑް ހުށައެޅުއްވުން އެދެމެވެ. ބިޑް ބަލައިގަތުން އޮންނާނީ މި ސްކޫލްގެ މީޓިންގ ރޫމްގައިއެވެ.
ސްކޫލުގެ ހޯލުގެ ކުލާސްރޫމްތައް ވަކިކުރުމަށް ޖަހާފައިވާ ޕާޓުޝަން މަރާމާތުކުރުމަށް
ކްލާސްރޫމް ކުޑަދޮރުތައް މަރާމާތުކުރުން
އޮފީސް އިމާރާތުގެ މާރާމާތާއި ބޭރު ސީލިންގ އާއި ދިޔަދޮވި ބަދަލުކުރުން
ސްކޫލުގެ ވަށާފާރާއި، އޮފީސްތެރޭގެ ފާރުތަކާއި ސީލިންގުގައި ކުލަލުން
މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި،އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660020 ނަންބަރު ފޯނާއެވެ.
| 
 #  | 
 ތަފުސީލު  | 
 ތާރީޚު  | 
 ގަޑި  | 
| 
 1  | 
 މަޢުލޫމާތު ސާފުކުރުން  | 
 22 ޖެނުއަރީ 2019 (އަންގާރަ)  | 
 ހެނދުނު 11:00  | 
| 
 2  | 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 27 ޖެނުއަރީ 2019 (އާދިއްތަ)  | 
 ހެނދުނު 11:00  | 
14 ޖެނުއަރީ 2019
