މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިސްކިތްތަކަށް ބޭނުންވާ ތަކެތިހޯދުން
އިޢުލާން
މިސްކިތްތަކަށް ބޭނުންވާ ތަކެތިހޯދުން
މިރަށުގައިހުރި 6 މިސްކިތަށް ފޮޅާސާފްކުރުމަށް 01 އަހަރު ދުވަހަށް ބޭނުންވާ ތަކެތި އަހަރު ދުވަހުގެތެރޭގައި 04 ފަހަރުގެ މަތީން ( ކޮންމެ 3 މަހަކުން ) މިއިދާރާއިން ހަމަޖައްސާ އުސޫލަކުން ފޯރުކޮށް ދިނުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވުމާއިއެކު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކަމާއިގުޅޭގޮތުން މަޢުލޫމާތު ދިނުމަށްބާއްވާ ބައްދަލުވުން (ފްރީބިޑްމީޓިންގ) 24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހު 11:00 ގައި އަލިފުށި ކައުންސިލް އިދާރާގައި އޮންނާނެއެވެ. އަދި މި މައުލޫމާތު އާއި ގުޅިގެން ހުށައަޅަންޖެހޭ އަންދާސީ ހިސާބު ހުށައެޅުންއޮންނާނީ 30 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގައެވެ.މައުލޫމާތް ސާފުކުރުމަށް ވަޑައިގަންނަވާއިރު ތިރީގައިވާ ތަކެތި ހުށައަޅަންވާނެއެވެ.
-
ފަރުދުންގެ ވިޔަފާރި / ކުންފުނި ރަޖިސްޓަރީ ކޮޕީ
-
ބީ ޕީ ޓީ ރަޖިސްޓުރީގެ ކޮޕީ
-
ރަޖިސްޓަރީކޮށްފާވާނަމަ ޖީ އެސް ޓީ ރަޖިސްޓުރީގެ ކޮޕީ
-
ބަދަލްގައި މީހަކު ފޮނުވާނަމަ، ފޮނުވާމީހާގެ ނަމާއި އެޑްރެސް އައިޑީކާޑް ނަންބަރު ބަޔާންކޮށް ހުށައަޅާ ސިޓީ.
-
ވެރިފަރާތާއި ބަދަލުގައި ފޮނުވާ ފަރާތުގެ އައިޑީ ކާޑް ކޮޕީ
މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ނުލިބޭނެކަމުގައި ދަންނަވަމެވެ.
ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
13 ޖަނަވަރީ 2018
13 ޖަނަވަރީ 2019
ހޯދާ