ދިވެހިރާއްޖެ
އިޢުލާން
މާލޭގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައެޅުން
މިއޮތޯރިޓީން 28 ނޮވެމްބަރު 2018 ގައި ކޮށްފައިވާ ނަންބަރު (IUL)202-L/1/2018/107 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިއެވާ އިޢުލާނުން މާލެ ވިޔަފާރި ބަނދަރުން ނެރެގެން ގެންދެވޭ ޕެރިޝަބަލް ލޫސް ކާގޯ (އަންކޮންޓެއިނަރައިޒްޑް ކާގޯ) ކޮންމެ ގަޑިއެއްގައިވެސް މާލެތެރެއަށް ގެންދެވޭނެކަމަށާއި، މިގޮތުން ކޮންމެ ދުވަހެއްގެ މެންދުރުފަހު 15:00 އިން ފެށިގެން ހެނދުނު 6:00 އާއިދެމެދު މުދާ ނެރެގެން ގެންދިއުމުގެ ހުއްދަ 13 ޖަނަވަރީ 2019 އަށް ވާނީ ދީފައެވެ.
ނަމަވެސް މާލޭގައި އެއްގަމު އުޅަނދުގައި މުދާ އުފުލުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތުތައް އިތުރަށް ދިރާސާ ކުރަމުން ގެންދާތީ، މިކަމަށް ވަކިވަގުތުތަކެއް ކަނޑައަޅައި އިޢުލާނު ކުރެވެންދެން މި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެއްގަމު އުޅަނދުގައި މުދާ އުފުލުމުގެ ހުއްދަ ދީފީމެވެ.
07 ޖުމާދަލްޢޫލާ 1440
13 ޖަނަވަރީ 2019
