ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އިހަވަންދޫ ބަނދަރުގެ ދެފަރާތު މަސްކަނޑަ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

`

ނަންބަރ: IUL-248-ESMSMS/248/2019/4

އިޢުލާން

ދެކޮޅު މަސްކަނޑަ މަރާމާތު ކުރުން.

             މިރަށު ބަނދަރުގެ ދެފަރާތު މަސްކަޑަ މަރާމާތު ކުރުމާއި ގުޅޭ ގޮތުން ކުރެވުނު މިއިދާރާގެ ނަމްބަރު: (IUL)248-ESMSMS/248/2018/101 ( 16 ޑިސެންބަރު 2018 ) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައި ނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

             ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 28 ޖަނަވަރީ 2019 ވާ ހޯމަ ދުވަހު 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

             މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ، ކުންފުނި، ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ. 

             އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ހއ. އިހަވަންދޫ ބަނދަރުގެ ދެފަރާތު މަސްކަނޑަ މަރާމާތުކޮށް ދިނުމަށް އެދި ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

13 ޖަނަވަރީ 2019
ހޯދާ