ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓް
ހއ.ފިއްލަދޫ
ދިވެހިރާއްޖެ.
ނަންބަރު: A11MC-A/2019/01
އިޢުލާން
ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.
މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި މިކޯޓްގެ ނަމްބަރ: A11-MC/2018/03 (21 ނޮވެމްބަރ 2018) އިއުލާނާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށްފެންނާތީ، ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް ބާތިލްކޮށް އަލުން މިކޯޓުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.
ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 20 ޖެނުއަރީ 2019 ވަނަ ދުވަހުގެ 10:00 އަށް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރައްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 24 ޖެނުއަރީ 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 10:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހއ.ފިއްލަދޫ މެޖިސްޓްރޭޓް ކޯޓް
04 ޖުމާދުލްއޫލާ 1440
10 ޖެނުއަރީ 2019