ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމަށް ދެންނެވިފައިވާ ތަން ބަދަލުވުން
މިކުންފުނީގެ އިޢުލާނު ނަންބަރު: 03 ޖަނަވަރީ 2019، FSM-ADV-2019/001 އާއި ޙަވާލާދީ ދަންނަވަމެވެ.
ފެނަކަ ކޯޕަރޭޝަންގެ އިންޖީނުގެތަކަށް ބޭނުންވާ ޑީސަލް ސަޕްލައި ކޮށްދިނުމަށް ކޮށްފައިވާ އިޢުލާނުގައި ބަޔާން ކޮށްފައިވާ ބީލަން ހުށަހެޅުން/ހުޅުވުމަށް ދެންނެވިފައިވާ ތަން، އެހެން ތަނަކަށް ބަދަލު ކުރެވިފައިވާ ވާހަކަ ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބީލަން ހުށަހެޅުން / ހުޅުވުން އޮންނާނީ 17 ޖެނުއަރީ 2019 ވާބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 4 ވަނަ ފަންގިފިލާގެ އުތުރު ވިންގުގައި ހުންނަ އެސްޓީއޯ ޓްރެއިނިންގ ސެންޓަރުގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331453 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.