ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ކްލެމަންސީ ބޯޑަށް ހުށަހެޅޭ އިލްތިމާސްތަކާ ގުޅޭ

މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ކްލެމެންސީ ބޯޑަށް ހުށަހެޅޭ އިލްތިމާސްތަކާ ގުޅޭ

ޤާނޫނު ނަންބަރު 2010/2 (މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ ދަށުން އަދަބު މަޢާފުކޮށްދިނުން އެދި ނުވަތަ އަދަބުލުއިކޮށްދިނުން އެދި ހުށަހަޅަމުންދާ ސިޓީ އިތުރުވަމުންދާތީ ދަންނަވަމެވެ. މިފަދަ އިލްތިމާސްތަކަކީ އެކަމަށް ޚާއްޞަކޮށްފައިވާ "މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސް ހުށަހަޅާ ފޯމު" ގެ ޒަރީޢާއިން ހުށަހަޅަންޖެހޭ އިލްތިމާސްތަކެއްކަމާއި، މި ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެކަން ހަނދުމަފުޅުކޮށް އަރުވަމެވެ.

ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛުކުރަމުންދާ ފަރާތްތަކަށް، މަޢާފު ދިނުމާއި، އަދަބު ލުއިކޮށްދިނުމުގެ ކަންކަމުގައި ހުށަހަޅާ ކޮންމެ އިލްތިމާސެއް ދިރާސާކުރުމަށްފަހު، އެ އިލްތިމާސަކާމެދު ޢަމަލުކުރަން ފެނިވަޑައިގަންނަވާ ގޮތާމެދު ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމުގެ މަސައްކަތް ކުރަމުންގެންދާ ފަރާތަކީ، ބުނެވިދިޔަ ޤާނޫނުން އުފައްދާފައިވާ ކްލެމެންސީ ބޯޑުކަން ފާހަގަކުރަމެވެ. އަދި އިލްތިމާސްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ކިބައިގައި ތިރީގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ހުރުން، ބުނެވިދިޔަ ޤާނޫނުން ލާޒިމްކުރެއެވެ.

  1. ސާބިތުވެފައިވާ ޙުކުމުގެ މުއްދަތުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޛުވެފައިވުން.
  2. އިސްތިއުނާފުކުރުމުގެ ހުރިހާ މަރުޙަލާއެއް ކަޑައްތުކޮށްފައިވާ ނުވަތަ އެ ފުރުޞަތު ގެއްލިފައިވާ ފަރާތަކަށްވުން.

މަތީގައި ބަޔާންކުރެވުނު ޝަރުޠުތައް ފުރިހަމަނުވާނަމަ، އެފަދަ އިލްތިމާސްތަކަކީ ކްލެމަންސީ ބޯޑަށް ބަލައިގަނެ ދިރާސާކުރެވޭނެ އިލްތިމާސްތަކެއް ނޫންކަމުގައި ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރަމެވެ. 

4 ޖުމާދަލްއޫލާ 1440

10 ޖަނަވަރީ 2019
ހޯދާ