ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރުފުރޭ ރަންޔޫބިލް ލޯގޯ ތައްޔާރު ކުރުމާއިގުޅޭ

އިޢުލާން

 

ލޯގޯ ފަރުމާކުރުމާއި ބެހޭ

 

          ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ގޯލްޑަން ޖުބިލީ އަހަރުގެ ގޮތުގައި މިއަހަރު ހިންގާ ޙަރަކާތްތަކުގައި ބޭނުންކުރުމަށް ލޯގޯ އެއް ފަރުމާކުރުމަށް އާންމުކޮށް ހުޅުވާލަމެވެ.

ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

  • މި ލޯގޯއިން ދ. އަތޮޅުގެ ޞިއްޙީ ޚިދުމަތަށް 50 އަހަރު ފުރިފައިވާކަން ރަމްޒުކޮށްދިނުން
  • އެއްވެސް ތަނެއްގައި ބޭނުންކުރަމުންދާ ލޯގޯއަކަށް ނުވުން ( ކޮޕީއަކަށް ނުވުން )
  • އެއްވެސް ސިޔާސީ ޕާރޓީއެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ނުވުން
  • ޤައުމީ ކުލަތައް ( ފެހި،ރަތް،ހުދު ) ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ލޯގޯއަކަށް ވުން
  • ދ. އަތޮޅަށް ނިސްބަތްކުރެވޭ ޙާއްސަ ސިފައެއް ރަމްޒުކޮށްދޭ ލޯގޯއަކަށް ވުން
  • 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  • ލޯގޯއިން ރަމްޒުކޮށްދޭ އެއްޗެއްގެ ތަފްޞީލު ހުށައެޅުން
  • މައުދަނުގައި ނުވަތަ ފައިބާރގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭނެގޮތަށް ފަރުމާކުރެވިފައިވުން
  • ހުށައަޅާ ލޯގޯގެ ކުލަލޯގޯއާއި އަދި ކަޅާއިހުދުގެ ލޯގޯގެ ހާޑް އަދި ސޮފްޓް ހުށައެޅުން

                                 

މިގޮތުން ހުށައަޅާ ލޯގޯ ތަކުގެ ތެރެއިން މި މުނާސަބަތުގައި ބޭނުންކުރުމަށް ހޮވޭ ލޯގޯއަކަށް -/5000 ( ފަސްހާސް ރުފިޔާ ) ފައިސާގެ ޢިނާމެއް ދެވޭނެއެވެ.

ފަރުމާކުރެވިފައިވާ ލޯގޯ ބަލައިގަތުން އޮންނާނީ 2019 ޖެނުއަރީ 31 ވާ ބުރާފަތި ދުވަހުގެ މެނދުރު 12:00 ގައި ދ. އަތޮޅު ހޮސްޕިޓަލުގެ ސެމިނަރ ރޫމުގައެވެ. ހުށައަޅާ ސިޓިއުރައިގެ ބޭރުގައި " 50 އަހަރުގެ ޞިއްޙީ ޙިދުމަތުގެ ލޯގޯ ފަރުމާކުރުން " މިހެން ޖައްސަވާފައި އޮންނަންވާނެއެވެ.

 

                                     10 ޖެނުއަރީ 2019  

10 ޖަނަވަރީ 2019
ހޯދާ