ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ޓީޖެޓީ ސަރަހައްދުގައި ހަދާފައިވާ ރޭންޕުން ފީނެގުމާއި ބެހޭ

 

އިޢުލާން

ނަމްބަރު: GMIZL/IUL/FIAC/2019/001

 

    މިކުންފުނިން ކ. ތިލަފުށީގެ ޓީޖެޓީ ސަރަހައްދުގައި ހަދާފައިވާ ރޭންޕުން 01 ފެބްރުއަރީ 2019 އިން ފެށިގެން ރޭންޕް ފީ ނެގުމަށް ހަމަޖެހިފައިވާތީ މިކަން އާންމުކޮށް އިޢުލާނު ކުރަމެވެ.

    ފީ ނެގުމަށް ހަމަޖެހިފައިވަނީ ރޭންޕަށް އުޅަނދު ކައިރިކުރާ ވަގުތުން ފެށިގެން އުޅަނދުގެ ދިގުމިނުން މީޓަރަކަށް ގަޑިޔަކު 10 (ދިހައެއް) ރުފިޔާގެ ރޭޓުންނެވެ. ފައިސާ ބަލައިގަންނާނީ ނަގުދުފައިސާއިން ތިލަފުށީގެ ޓީޖެޓީ ޕޯސްޓް އޮފީހުންނެވެ. ރޭންޕް ބޭނުންކުރައްވަންވާނީ ތިލަފުށީގެ ރޭންޕް ބޭނުންކުރުމުގެ އުސޫލާ އެއްގޮތްގޮތަށެވެ.

 

ނޯޓް: ރޭންޕް ބޭނުންކުރުމުގެ އުސޫލް މިކުންފުނީގެ ވެބްސައިޓް https://gmizl.com.mv/home/downloads އިން ލިބިވަޑައިގަންނަވާނެއެވެ. 

09 ޖަނަވަރީ 2019

03 ޖުމާދަލްއޫލާ 1440

 

ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި                         Fen Building/ 4th floor

އަމީނީމަގު، މާލެ، ދިވެހިރާއްޖެ                 Ameenee Magu, Male’, Republic of Maldives

ފޯން: 3307513،3307515 ފެކްސް: 3307514              Tel: 3307513, 3307515 Fax: 3307514

09 ޖަނަވަރީ 2019
ހޯދާ