ދިވެހިރާއްޖެ
ނަންބަރު: GS159/IUL/2019/01
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
މި ސްކޫލްގެ އިއުލާން ނަންބަރ GS159/IUL/2018/22 އަށް މަޢުލޫމާތު ސާފުކޮށް ބިޑް ހުށައެޅި ފަރާތްތަކުން ހުށައެޅުއްވި ބިޑް ތަކަކީ މިނިސްޓްރީގެ ކުރީގެ އުސޫލް ކަމަށްވާތީ، އެ އިއުލާން ބާތިލްކޮށް އަލުން އިއުލާން ކުރާ ވާހަކަ ދަންނަވަމެވެ.
01 ފެބުރުވަރީ 2019 އިން ފެށިގެން 31 ޑިސެންބަރު 2019 އަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި ޚިދުމަތް ދިނުމަށް އެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު ނަމްބަރު: (2014/18) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި، ޤާނޫނު ނަމްބަރު: (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
ވީމާ، ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވެރިފާރާތުގެ ބަދަލުގައި ދުރުވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއާއި އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި ކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި ސްކޫލްގެ 6680060 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
20 ޖަނަވަރީ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގައި |
24 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހު 13:00 ގައި |